ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެގްޒެމިނަރ (ކޮންޓްރެކްޓް)

އިޢުލާން

ވަގުތީ މުވައްޒަފުން ހޯދުމަށް 27 ޖަނަވަރީ 2016 ގައި މި ޑިޕާޓްމަންޓުން އިޢުލާން  ކުރި IUL)120/1/2016/4) ނަންބަރުގެ އިޢުލާނުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، ތިރީގައިމިވާ މަޤާމަށް ވަގުތީ މުވައްޒަފުން ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

މަޤާމް:

އެގްޒެމިނަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

2 (ދޭއް)

އުޖޫރަ:

-/5,000 ރުފިޔާ (5 މޮޑިއުލް)

މުއްދަތު:

18 ފެބުރުވަރީ 2016 އިން  13 މާރިޗު 2016 އަށް

 

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ޑިގްރީއެއް ނުވަތަ މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު، ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް މަދުވެގެން 3 އަހަރުދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.
  2.  ނުވަތަ ވޭތުވެދިޔަ 5 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި މި ޑިޕާޓްމަންޓުން ހިންގާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިންގެ މަސައްކަތް، މަދުވެގެން 3 އަހަރުދުވަހު ކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ތިރީގައިމިވާ ދާއިރާތަކުން، އާންމު އިމްތިޙާނުގެ ސުވާލުކަރުދާހާއި މާކިންގ ސްކީމް ތައްޔާރުކުރުން.

1- އާންމު އިމްތިޙާނުގެ ހުކުރުކުރުން (ލިއުން /އަނގަބަސް)

2- މުދިންކަން (އަނގަބަސް)

3- ޖަމާޢަތްތެރިކަން (އަނގަބަސް)

4- ޤުރްއާން  

ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމަށް ބަލާނޭ ކަންކަން:

ލިބިފައިވާ ތަޖުރިބާއާއި ޤާބިލުކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއުއިން ނުވަތަ ލިޔުމުން ޖަވާބުދާރީވާން ޖެހޭނެއެވެ.

އިންޓަވިއު ކުރުން:

މި މަޤާމުތަކަށް މީހުން ހޮވުމަށް އިންޓަވިއުކޮށް، ލިޔުމުން ޖަވާބުދާރީ ކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (އެޕްލިކޭޝަން  ފޯމު،  ޑިޕާޓްމަންޓް  އޮފް  ޕަބްލިކް  އެގްޒޭމިނޭޝަންސްގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ. އަދި  މި  ޑިޕާޓްމަންޓުގެ  ވެބްސައިޓް www.dpe.edu.mv އިން  މި  ފޯމު ޑައުންލޯޑް ވެސްކުރެވޭނެއެވެ.) 

ށ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި)

ނ- ވަޒީފާއެއް އަދާކުރާނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުން.

ރ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ.

ބ- ވަޒީފާއަށް އެދޭ މީހާގެ ވަނަވަރު (ސީވީ)

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ފިލާ ބިލްޑިންގ 2، ބޮޑުތަކުރުފާނު މަގު، 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.

22 ރަބީޢުލްއާޚިރު 1437

01 ފެބުރުވަރީ 2016
ހޯދާ