ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިންތައް ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ހަނިމާދޫ ބަނދަރު ސަރަޙައްދުގައި ހުސްކޮށްހުރި މިކައުންސިލްގެ ބިންތައް ކުއްޔަށް ދޫކުރުމުމުގެ ފުރުޞަތު އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ހަނިމާދޫ ބަނދަރު ސަރަޙައްދުން އަމީނީމަގުގެ އުތުރުން 800 އަކަފޫޓުގެ 3 ބިން އަމީނީމަގުގެ ދެކުނުން 800 އަކަފޫޓުގެ 7 ބިން އަގު ހުށަހެޅޭނީ އަކަފޫޓަކަށް މީލާދީމަހަކަށް -/1 (އެކެއް) ރުފިޔާއަށް ވުރެ ކުޑަނޫން އަގަކަށެވެ. ބޮޑުއަގު ހުށަހެޅި ފަރާތަކަށް އިސްކަންދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 ފެބުރުވަރީ 2016 ވާ އަންގާރަދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭކަން މިފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.  

01 ފެބުރުވަރީ 2016
ހޯދާ