ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައިހުރި ފައިލްތަކާއި އެހެނިހެން މުދާ ރައްކާކުރުމަށް މާލެއިން މިދަންނަވާ ފެންވަރުގެ ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މިގޮތުން ކުއްޔަށް ހިފާ ގުދަނަކީ ރާނައި ހިޔާކޮށް ދެފަރާތުން ސިމެންތި ޖަހައި، ތަޅުން އަޅައި، މުށި ޖަހައި، ސީލިންގކޮށް، ކަރަންޓް ވައިރުކޮށްފައިވާ ގުދަނަކަށް ވާންޖެހޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 10 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން ކުއްޔަށް ދޫކުރެވޭނެ އަގު ބަޔާންކޮށް މި ޔުނިވަރސިޓީއަށް ފޮނުއްވުން އެދެމެވެ. ސިޓީއާއެކު ކުއްޔަށް ދެއްވަން ގަސްދުކުރައްވާ ގުދަނުގެ ޖާގައާއި ގުދަންހުރި ތަނާއި ހުރިގޮތުގެ ކުރެހުމެއް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3322718 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

21 ރަބީޢުލްއާޚިރު 1437

31 ޖަނަވަރީ 2016
ހޯދާ