ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެންޓަރުގެ ވެރިޔާ (ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް)

މަޤާމް :ސެންޓަރުގެ ވެރިޔާ
ބޭނުންވާ އަދަދު :1

އިޢުލާން

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ހިންގާނެ ވެރިޔަކު ބޭނުންވެއްޖެ:

މަޤާމް: ސެންޓަރުގެ ވެރިޔާ، ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް

މަޤާމުގެ ކްލެސިފިކޭޝަން: އެކެޑެމިކް

ބޭނުންވާ އަދަދު: 1 (އެކެއް)      

މަޤާމުގެ މުއްދަތު: ޢައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރުދުވަސް

ލިބޭ އުޖޫރައާއި އެހެނިހެން ޢިނާޔަތްތައް:

1. މުވައްޒަފަށް ލިބޭ މުސާރައާއި އެލަވަންސް   

  • އެމް. އެން. ކިޔޫ. އެފް. ގެ ލެވެލް 10 ގެ ސަނަދެއްނަމަ، ހުރިހާ އެލަވަންސަކާއެކު މަހަކު -/30،780 ރުފިޔާ.
  • ޗީފް އެންޖިނިއަރުކަން ނުވަތަ ކެޕްޓަންކަމުގެ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ ނަމަ، ހުރިހާ އެލަވަންސަކާއެކު މަހަކު -/27،125 ރުފިޔާ.
  • ކުރީގެ ޢިލްމީ މަސައްކަތަށް ބަލައި، މުސާރައާއި އެލަވަންސް މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓްވުމުގެ ފުރުޞަތު، އެކެޑެމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އޮވެއެވެ.

2. އެލަވަންސް: މި އެލަވަންސް ދެވެނީ ކިޔަވާ ދަރިވަރުންނަށް ނިސްބަތްކޮށެވެ. އަދި މަސައްކަތް ނިންމުމަށް އިތުރުގަޑީގައިވެސް މަސައްކަތްކުރާނެކަމަށް ބަލާފައެވެ.

3. ފޯނު އެލަވަންސް: މަހަކު -/500 ރުފިޔާ

ތަޢުލީމީ ޝަރުޠުތައް:

އެމް. އެން. ކިޔޫ. އެފް. ގެ ލެވެލް 10 ގެ ސަނަދެއް، މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން ނުވަތަ، ޗީފް އެންޖިނިއަރުކަން ނުވަތަ ކެޕްޓަންކަމުގެ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ ލިބިފައިވުން.

ތަޖުރިބާ:

މަތީ ހަރުފަތްތަކުގައި މަދުވެގެން 5 އަހަރުދުވަހުގެ މެނޭޖްމަންޓް ތަޖުރިބާ ހުރުން. ޚާއްޞަކޮށް، މަތީ ތަޢުލީމުގެ ދާއިރާއިން މި ތަޖުރިބާ ހުރުމަކީ އެދެވިގެންވާ ކަމެކެވެ. މަތީ ހަރުފަތްތަކުގެ މެނޭޖްމަންޓް ތަޖުރިބާކަމުގައި ބަލާނީ، ދަށްވެގެން އެސިސްޓެންޓް ޑިރެކްޓަރ ފެންވަރުގެ މަޤާމުތަކުގެ ތަޖުރިބާއެވެ. މަތީ ތަޢުލީމުގެ ދާއިރާގައި ފުލްޓައިމްކޮށް ކިޔަވައިދިނުން ތަޖުރިބާގެ މުއްދަތުގެ ތެރޭގައި ގުނިދާނެއެވެ. އަދަދުކުރުމުގައި ތަޖުރިބާ ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.

ވަޒީފާގެ ބައެއް ޝަރުޠުތައް:

  1. މަޤާމުގައި ހުންނަ މީހަކު އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީން ބޭރުގައި އަދާކުރެވޭނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.
  2. ރައްޔިތުން ވޯޓުދީގެން ހޮވާ ސިޔާސީ މަޤާމަކަށް ކުރިމަތިލުމުން މި ވަޒީފާއިން ވަކިވާނެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ އިތުރު ބައެއް ސިފަތައް:

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، އެދެވޭ ބައެއް ސިފަތައް ހިމެނޭ މަޤާމުގެ ފުރިހަމަ ވަޒީފާ ބަޔާން، ޔުނިވަރސިޓީގެ ވެބް ސައިޓުން ލިބޭނެއެވެ.

 ވެބްސައިޓް އެޑްރެހަކީ، http://mnu.edu.mv/images/announcements/gazette-deans.pdf އެވެ.

ސިޓީ ފޮނުވަންވީ ތާރީޚު: 2016 ފެބުރުވަރީ 17 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައި ނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރގެ އޮފީހުގެ ލިޔުމެކެވެ. 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3344093 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

 25 ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016
ހޯދާ