މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން، އއ.ތޮއްޑޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖެނެރޭޓަރެއް ފޯރުކޮށްދިނުމަށް 18 ޖަނަވަރީ 2016 މި ތާރީޚުގައި ކުރެވުނު ނަންބަރު IUL)438-RDS/438/2016/12) އިޢުލާނަށް އެކަށީގެންވާވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ހުށަހަޅަންވީ ތަކެތި

  • ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖެނެރޭޓަރ ފޯރުކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • ޖެނެރޭޓަރ ސަޕްލައިކޮށް ރަށަށް ފޯރުކޮށްދިނުމަށް ނަގާނެ މުއްދަތު
  • ޓެކްނިކަލް ސްޕެސިފިކޭޝަން
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

އއ.ތޮއްޑޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖެނެރޭޓަރެއް ފޯރުކޮށްދިނުމާބެހޭ އިޢުލާނު ނަންބަރު: IUL)438-RDS/438/2016/12)

ޕްރީ ބިޑް ބައްދަލުވުން

މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 11 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018432 / 3018433 ނަންބަރު ފޯނަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް:  [email protected], [email protected]

04 ފެބުރުވަރީ 2016
ހޯދާ