ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިޕްލޮމާ އިން އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން

އިޢުލާން

ޑިޕްލޮމާ އިން އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން

މި ކޯހަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 07 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު ލިބެން ހުންނާނީ ޔުނިވަރސިޓީގެ ކައުންޓަރުންނެވެ.

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކޯހުގެ ޖާގަ

މުއްދަތު

ކޯހުގެފީ

ޑިޕްލޮމާ

ޑިޕްލޮމާ އިން އަރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން

ހ. މަތީސާނަވީ (ޖީ.ސީ.އީ.އޭ ލެވަލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 4 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ކުއްލިއްޔާގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން ނުވަތަ،  

ރ. ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުގެ 3 މާއްދާއިން ދަށްވެގެން "ސީ" ފާހަށްވުރެ މަތިން ލިބިފައިވުމުގެ އިތުރުން ގުޅޭ ދާއިރާއަކުން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

30

1 އަހަރު (2 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް ދެވޭ އިރުޝާދު

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ލިބިފައިވާ (ވަނުމަށް އެދޭ ކޯހަށް ބޭނުންވާ) ސަނަދުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީ.
  • އައިޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 02 ފޮޓޯ.
  • އެންމެ ފަހުން އުޅުނު ސްކޫލް/ކޮލެޖްގެ ލީވިންގ ސެޓުފިކެޓުގެ ކޮޕީ. (ސާނަވީ އިމްތިޙާނުތަކުގެ ނަތީޖާ ނުވަތަ ސަނަދެއް ހުށަހަޅާފައިނުވާނަމަ)
  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • ސަނަދުތައް ހުންނަންޖެހޭނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ނުވަތަ އެމް.ކިޔު.އޭ އިން ސަނަދުގެ ލެވެލް އަންގައިދޭ ތައްގަނޑު ޖަހާފައެވެ.
  • އައިޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަސްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަސްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީ ކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3322718 ނަންބަރަށެވެ.

ކޯހާބެހޭ މަޢުލޫމާތު ޔުނިވަރސިޓީގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. މީގެ އިތުރުން އިދާރާއިންވެސް ލިބިވަޑައިގަންނަވާނެއެވެ. ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 9:00 ން 13:00 އަށެވެ.

ކޯހަށް ވަނުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

18 ރަބީޢުލްއާޚިރު 1437

28 ޖަނަވަރީ 2016
ހޯދާ