ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޞިނާޢީ ސަރަޙައްދު 4 ނަންބަރު ބިން ކުއްޔަށްދޫކުރުން

އިޢުލާން

 • ރަތަފަންދޫ ޞިނާޢީ ސަރަޙައްދު 4 ނަންބަރު ބިން ކުއްޔަށްދޫކުރުން.

ރަތަފަންދޫ ޞަނާޢީ ސަރަޙައްދުގެ 4 ނަންބަރު ބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާއެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަންބަރު: 6840016 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. މިއިދާރާއިން ކުރެވުނު ނަންބަރު: IUL)420-PM/242/2016/2) ގެ އިޢުލާނަށް ހުށަހެޅުނު އަންދާސީހިސާބުތަކުގެ ތެރެއިން އެންމެ އަންދާސީހިސާބެއް ފިޔަވައި ދެންހުރި އަންދާސީހިސާބުތަކުގެ ޝަރުޠު ފުރިހަމަނުވާތީ އެއިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

#

ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި (މަހަކު)

1

ޞިނާޢި ސަރަޙައްދު 4 ނަންބަރު ބިން މިހާރު ތަނުގައި ހުރި ޢިމާރާތްތަކާއެކު

4000 އަކަފޫޓު

-/800 ރުފިޔާ

ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފުސީލު

1 ނަންބަރު ކޮޓަރި 16x9 ފޫޓުގެ އެތެރޭގައި ސިމެންތި ޖަހައި ތަޅުންއަޅައި ތަޅުމުގައި މުށިޖަހައި ރެއިންބޯ ދޮރުފަތެއް ހަރުކޮށްފައި ތަޅު ހަލާކުވެފައި އަދި މިކޮޓަރީގެ ތެރޭގައި ½5 xފ½4 ގެ ފާޚާނާއެއް ތަޅުމުގައި މުށިޖަހައި ފާޚާނާގެ ތަށްޓާއި ދޮރުފަތް ރަނގަޅު ތަޅު ހަލާކުވެފައި ( އެއްވެސް ސޮކެޓެއް އަދި ސްވިޗެއް ނެތް ) ނޯޓް: މިކޮޓަރީގެ ހުޅަނގުދެކުނުކަންމައްޗަށްވާގޮތަށް ރެނދެއް އަޅައިވަނީ ކަނޑައިގެންގޮސްފައެވެ.

2 ޢިމާރާތް 20x54.58 ފޫޓުގެ ( އެތެރޭގައި 3 ކޮޓަރި ހިމެނިފައި ) އެޅިގަލުން ރާނައި ސިމެންތިޖަހައި ޖަންގަލީ ލަކުޑިއާއި ރުއްވަކަރުން މަތިވަޑާން އަރުވައި ދަގަނޑުޓިނުން ހިޔާކޮށްފައި.

1 ކޮޓަރި 20x19.08 ފޫޓުގެ އެތެރޭގައި 6x7 ފޫޓުގެ ފާޚާނާއަކާއެކު އެތެރޭގައި ސިމެންތި ޖަހައި ތަޅުން އަޅައި ތަޅުމުގައި މުށިޖަހާފައި ދޮރުފަތެއްނެތް އަދި އެތެރޭގައި އެއްވެސް އެއްޗެއްނެތް .

1 ކޮޓަރި 20x20.25 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުން އަޅާފައި ދޮރުފަތެއްނެތް .

1 ކޮޓަރި 12x20 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުން އަޅާފައި ދޮރުފަތެއްނެތް .

1 ފެންވަޅު 4 ފޫޓު ޑައިމީޓަރުގެ ގޯތިތެރޭގައި

2 ޓޭންކް 4x7.5 ފޫޓުގެ އުސް 3 ފޫޓު އެތެރޭގައި މުށިޖަހާފައި ގޯތިތެރޭގައި.

1 ޓޭންކް މަސްދޮންނަބަޔާއެކު 4x11 ފޫޓުގެ އެތެރޭގައި މުށިޖަހާފައި

އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރުމަށް ގަސްތުކޮށްފައިވާގޮތް، ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަންވާނެއެވެ.

 • އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭނެ ކަންތައްތައް.

1- ލުއިކާނާގެ ބާވަތްތަކުގެ ކާބޯތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް.

 • އިޖުތިމާޢީގޮތުން ވެދެވޭ ޢިނާޔަތް

މިބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް މަދުވެގެން މަހަކު -/1000 ރުފިޔާ ކައުންސިލަށް ދައްކަންޖެހޭނެއެވެ.

 • ބިން ތަރައްގީކުރުން

ރަތަފަންދޫ ޞިނާޢީ ސަރަޙައްދުގެ 1 ނަންބަރު ބިން ކުއްޔަށް ހިފާ ފަރާތަކުން ބިން ކުއްޔަށް ހިފާތާ 18 މަސްދުވަހުގެ ތެރޭގައި ބިމުގެ ވަށާފާރު ރޭނުމަށްޓަކައި އަޅަންޖެހޭ ފައުންޑޭޝަން އަޅައި ނިންމަންޖެހެއެވެ. އަދި ފުރަތަމަ 5 އަހަރުދުވަހުގެ ތެރޭގައި 2 ފޫޓު އުސްމިނަށް ރަނގަޅު ފެންވަރަކަށް ފާރު ރާނައި ނިންމަންޖެހޭނެއެވެ.

 • ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން

ބިން ކުއްޔަށް ހިފިފަރާތުން 18 މަސްދުވަސް ނުވަނީސް ބިންދޫކޮށްލާނަމަ ބިން ބޭނުންކުރި މުއްދަތަށް ފައުންޑޭޝަންގެ އަގަށްވާ ފައިސާ ކައުންސިލަށް ދައްކަންޖެހޭނެއެވެ. ބިން ކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކޮށްލާނަމަ، ބިމުގެ ކުއްޔާއި، އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާގެތެރެއިން 6 މަސްދުވަހުގެ ފައިސާ ކައުންސިލަށް ދައްކަންޖެހޭނެއެވެ.  

 • ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

1- ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ

2- ކޮމްޕެނީ ޕްރޮފައިލް

 • މިއިދާރާއިން ބަލާނެ ކަންތައްތައް

1- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟

 • މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހުކުއްޔަށް

50%

 • ހުށަހަޅާ މަހުކުއްޔަށް ދެވޭ މާކްސް  
 • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
 • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކުރުމަށް ގޯތީގެ ވަށާ އިންފާރު ރޭނުން    

10%
 • ބިމުގެ ވަށާ އިންފާރު 2 ފޫޓު އުސްމިނަށް ރޭނުން    
 • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
 • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

40%

 • އިޖުތިމާޢީ ކަންކަމަށް ދެވޭ ޢިނާޔަތު    
 • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅައިފައިވާ އެންމެބޮޑު އަދަދަކީ ބެންޗްމާކު ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
 • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

15 ރަބީއުލްއާޚިރު 1437

25 ޖަނަވަރީ 2016
ހޯދާ