ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް

އިއުލާން

1 ޖަނަވަރީ 2016 ން ފެށިގެން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރަމުންދަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުންނެވެ. މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކޮށް ވަކި ހަމަތަކެއްގެ މަތިން ކުރުމަށް މިހާރު މިދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޕިކަޕް އަދި ލޮރީ ފަދަ އުޅަނދުފަހަރުގައި ގެނެވޭ ކުނި އެޅުމަށް އުފުލިތައް ބަހައްޓާފައިވާ އެމް.ޕީ.އެލް ސަރަހައްދު (މީރުބަހުރު ބަނދަރުން ވަންނަގޮތަށް) 1 ފެބުރުވަރީ 2016 ދުވަހުން ފެށިގެން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 01:00 ގެ ނިޔަލަށެވެ. މީގެ އިތުރުން ކޮންމެ ހުކުރު ދުވަހެއްގެ 12:00އިން 14:00 އަށް ކުނިއަޅާ ސަރަހައްދު ބަންދުވާނެ ވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

18 ރަބީޢުލްއާޚިރު 1437

28 ޖަނަވަރީ 2016
ހޯދާ