ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ހެލްތު އެސިސްޓޭންޓް (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އޮތް އޮފީސް:  

ނ. ލަންދޫ ސުކޫލް

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

އެކެޑެމިކް ސެކްޝަން، ނ. ލަންދޫ ސުކޫލް

ކޮންޓްރެކްޓްގެ މުއްދަތު:

3 (ތިނެއް) މަސްދުވަސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދަރިވަރުންގެ ހެލްތު ޗެކަޕް ޕްރޮގުރާމް ރާވައި ހިންގުމާއި، ހެލްތު ރޫމުން ފަސްޓް އެއިޑް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ދަރިވަރުން ބައިވެރިވާ ކުޅިވަރު މުބާރާތްތަކާއި ކޭމްޕްތަކުގައި ފަސްޓްއެއިޑެއްގެ ރޯލް އަދާކުރުން.
  • ދަރިވަރުންނަށާއި، ސްޓާފުންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ޞިއްޙީ ޕްރޮގުރާމްތައް ރާވައި ހިންގުން.
  • ސްކޫލުގެ އިމާރާތްތަކާއި ގޯތިތެރެއާއި ފާޚާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކްކުރުމާއި، ހެލްތު ރޫމް ބެލެހެއްޓުން.
  • ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެހީތެރިވެދިނުން.
  • ދަރިވަރުންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމާއެކު ހަފުތާގެ މައްސަލަތައް ޕްރިންސިޕަލާ ހިއްސާކުރުން. 
  • ކުރިއަށްއޮތް އަހަރު، ސްކޫލް ހެލްތު ޕްރޮގުރާމް ހިންގާނެގޮތުގެ ތާވަލް ތައްޔާރުކޮށްފައި އެޑިޔުކޭޝަން  މިނިސްޓްރީއަށް ފޮނުވުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  • ވަޒީފާއާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  • މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތް ކުރުން.

މަސައްކަތް ކުރަންޖެހޭ އޮފީސް:

ނ. ލަންދޫ ސްކޫލް، ނ. ލަންދޫ

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ބޭފަރާތެއްގެ މަޤާމު ހަމަޖައްސާނީ، ތިރީގައިމިވާގޮތަށް ލިބިފައިވާ ސެޓުފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ.

މަޤާމުގެ

ނަން

މަޤާމުގެ

ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ

ޝަރުޠު

އަސާސީ

މުސާރަ

ސަރވިސް

އެލަވަންސް

 

 

 

 

ހެލްތު އެސިސްޓޭންޓް

 

 

 

 

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

 

 

 

އެމް. އެސް.1

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

-/5،610 ރުފިޔާ

 

 

 

 

-/2،000 ރުފިޔާ

 

 

 

 

 

 

 

ހެލްތުއެސިސްޓޭންޓް

 

 

 

 

 

 

 

 

އޮފިސަރ ގްރޭޑް:2

 

 

 

 

 

 

 

ޖީ،އެސް: 4

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގުރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނުގައި  "ދިވެހި" މި މާއްދާއިން ދަށްވެގެން ސީ ގުރޭޑް ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު /ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު، މަޤާމަށް  ބޭނުންވާ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު /ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު، މަޤާމަށް  ބޭނުންވާ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު /ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5. ކައުންސިލިންގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓް ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން. ނުވަތަ؛

6. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޠުމާއެކު، ޖީ. އެސް. 3 ގެ ރޭންކުގެ ސަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

7. މަޤާމުގެ   މަސައްކަތްކުރުމުގެ   ހުނަރު  /  ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު، ޖީ. އެސް. 4 ގެ ރޭންކުގެ މަޤާމެއްގައި ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރެއްގެ މަޤާމެއްގައި  މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެއްފެންވަރެއްގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ ފަރާތެއްކަމުގައިވުން.

 

 

 

 

 

 

 

 

 

 

 

-/5،020 ރުފިޔާ

 

 

 

 

 

 

 

 

 

 

 

-/1،500 ރުފިޔާ

 

 

 

ހެލްތު އެސިސްޓޭންޓް

 

 

 

 

އޮފިސަރ ގްރޭޑް:1

 

 

 

ޖީ،އެސް: 3

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން ސީ ގުރޭޑް ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު /ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު، މަޤާމަށް  ބޭނުންވާ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

-/4،000 ރުފިޔާ

 

 

 

 

-/1،500 ރުފިޔާ

 

 

ހެލްތު އެސިސްޓޭންޓް

 

 

އެސިސްޓެންޓް އޮފިސަރ ގްރޭޑް:2

 

 

ޖީ،އެސް: 2

1. މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު /ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު، މަޤާމަށް  ބޭނުންވާ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

-/3،565 ރުފިޔާ

 

 

-/1،500 ރުފިޔާ

 

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:

  • މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި އިސްކަންދޭނީ، ހެލްތުގެ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ، މި ދާއިރާއިން ތަމްރީން ލިބިފައިވާ، ހެލްތުގެ ދާއިރާއިން ތަޖުރިބާހުރި، ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހުންނަށެވެ.
  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ބޭނުންވާ ސިފަތައް.

އިންޓަވިއު އޮންނާނެ ތަން:

މި މަޤާމަށް މީހަކު ހޮވުމުގައި އިންޓަވިއު ކުރެވޭނެއެވެ. އިންޓަވިއު އޮންނާނީ، 9 ފެބުރުވަރީ 2016 އާއި 12 ފެބުރުއަރީ 2016 އާ ދެމެދުގެ ތާރީޚެއްްގައި ނ. ލަންދޫ ސްކޫލުގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  ވަޒީފާއަށް  އެދޭ  ފަރާތްތަކުން،  ވަޒީފާއަށް  އެދޭ  ފޯމު  ފުރިހަމަކުރުމަށްފަހު،  ފޯމާއެކު  ހުށަހަޅަންޖެހޭ  ލިޔުންތައް، 2016 ފެބުރުވަރީ 8 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، ނ. ލަންދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް [email protected]  އަށް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

ސެޓްފިކެޓްތަކާއި ލިޔެކިޔުންތައް އެޓެސްޓުކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓުކުރުން އޮންނާނީ، އިންޓަވިއުކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް  އެދޭ  ފޯމު (މި  ފޯމު، މި  ސްކޫލުގެ  އޮފީހުން  ލިބެން  ހުންނާނެއެވެ.  އަދި  ސިވިލް  ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯ ކޮޕީތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ)

3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ކަރިކިއުލަމް ވިޓާ (ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އެނގޭނޭހެން)

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ސާފު ފޮޓޯކޮޕީ.

6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ފޮޓޯކޮޕީ.

7. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް

ނޯޓް:

- ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

- ހުށަހަޅަންޖެހޭ ލިޔުންތަކާއި ފޯމު ފުރިހަމަނުވާ ފޯމު ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ނ. ލަންދޫ ސްކޫލުގެ 6560576 ނަންބަރު ފޯނާއެވެ. އީ މެއިލްކުރާނީ، [email protected] އަށެވެ.

 17 ރަބީޢުލްއާޚިރު 1437

27 ޖަނަވަރީ 2016
ހޯދާ