މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

 މި މިނިސްޓްރީގެ، ތިރީގައިވާ މަޤާމަށް އިޢުލާން ކުރަމެވެ.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމު ނަންބަރު

110734

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް

ޖީ. އެސް. 3

މުސާރައާއި ޢިނާޔަތްތައް:

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް 

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަން / ފޮރިން އިންވެސްޓްމަންޓް ރަޖިސްޓަރީ ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ފޮރިން އިންވެސްޓްމަންޓާއި، ފޮރިން ކޮންޓްރެކްޓަރ ރަޖިސްޓަރީކުރުމާބެހޭ މަސައްކަތްތައް ކުރުން.
  2. ފޮރިން އިންވެސްޓްމެންޓްތަކުން ދައްކަންޖެހޭ ރޯޔަލްޓީއާބެހޭ މަސައްކަތްކުރުން.
  3. ފޮރިން އިންވެސްޓްމެންޓްތަކާ ބެހޭގޮތުން ސޮއިކުރެވޭ އެގްރީމެންޓްތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމުގެ ކަންތައްތައް ކުރުން.
  4. ފޮރިން އިންވެސްޓްމަންޓް / ފޮރިން ކޮންޓްރެކްޓަރ އެގްރިމެންޓް މުއްދަތު ހަމަވޭތޯ ބަލައި، މުއްދަތު ހަމަވުމުން މުއްދަތު އިތުރުކޮށްދިނުމާއި ރޯޔަލްޓީ ނެގޯޝިއޭޓްކުރުމާބެހޭ ކަންތައްތައް ކުރުން.
  5. ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކުން ކޮންމެ އަހަރެއް ނިމުމުން ޕަރފޯމަންސް ރިޕޯޓެއް ގެނައުން.
  6. ފޮރިން އިންވެސްޓްމެންޓްތަކުގެ ރޯޔަލްޓީއާބެހޭ ފައިލްތަކަށް އެ އިންވެސްޓްމެންޓްތަކުގެ ރޯޔަލްޓީއާ ގުޅޭ ލިޔުންތަކާއި ފައިލް އިންޑެކްސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  7. ފޮރިން  އިންވެސްޓްމަންޓާއި،  ފޮރިން  ކޮންޓްރެކްޓްތަކުގެ  ލިޔެކިޔުންތައް  ފައިލުކޮށް  ފޮރިން  އިންވެސްޓްމެންޓް ފައިލުތަކާއި އެ އިންވެސްޓެމެންޓުތަކާބެހޭ ލިޔުންތަކާއި ފައިލް އިންޑެކްސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ފޮރިން އިންވެސްޓްމަންޓް / ފޮރިން ކޮންޓްރެކްޓަރ އެގްރިމެންޓް ފައިލުތައް އަޕްޑޭޓްކޮށް ފައިލް އިންޑެކްސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  9. ފޮރިން އިންވެސްޓްމެންޓްތަކުގެ ލިކުއިޑޭޝަން މަސައްކަތްތަކާއި، އެކަމާބެހޭ ލިޔުންތައް ބެލެހެއްޓުން.
  10. ފޮރިން އިންވެސްޓްމަންޓުތަކުން ޑިއުޓީ މާފުކުރުމަށް ހުށަހެޅޭ އިންވެސްޓްމަންޓުތަކުގެ ޑިއުޓީ މާފުކޮށްދިނުމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއަށް ލިޔުން.
  11. ޔުނިޓުގެ މަސައްކަތާ ގުޅިގެން އަންނަ ޖެނެރަލް ސިޓީތަކަށް ޖަވާބުދިނުން.
  12. މިނިސްޓްރީން ވަގުތީގޮތުން ކަމެއް ހަވާލުކޮށްފިނަމަ، އެކަމެއް ކުރުން.

މަޤާމުގެ ޝަރުޠުތައް:

އަސާސީ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސްގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާން ބާއްވާނެ ތަރީޚާއި ތަން:

 

 

އިންޓަވިއު ކުރުން:

- މި މަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމަކުރުމަށްފަހު، 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން ނުވަތަ [email protected] އަށް މެއިލްކުރުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ކޮޕީ.

- ދައުލަތުން ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ.

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތްކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

 

އިތުރު މަޢުލޫމާތު:

- ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު،  މި  މިނިސްޓްރީގެ  ކައުންޓަރުން،  ބަންދު  ނޫން  ކޮންމެ  ދުވަހަކު 08:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން މި ފޯމު ލިބެން ހުންނާނެއެވެ.

- މީގެ އިތުރުންވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ  3333174 ނަންބަރު ފޯނަށް ގުޅުން ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

 17 ރަބީޢުލްއާޚިރު 1437

27 ޖަނަވަރީ 2016
ހޯދާ