މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބަށިކޯޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މި ކައުންސިލުން ދައްކާ ނަމޫނާއާ އެއްގޮތަށް ބަށިކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކައުންސިލުގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 11 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިގަނެވެންނެތްވާހަކަ ދަންނަވަމެވެ.

15 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016
ހޯދާ