ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސީ އެސިސްޓަންޓުން ބޭނުންވެއްޖެ

މަޤާމް :ފާރމަސީ އެސިސްޓަންޓު
ބޭނުންވާ އަދަދު :2

އިޢުލާން

ތިރީގައި މިވާ މަޤާމުތަކަށް ދެ އަހަރުދުވަހުގެ ކޮންޓުރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމު

ޢަދަދު

މުސާރަ

މަސައްކަތް ކުރަންޖެހޭ ތަން

ފާމަސީ އެސިސްޓެންޓް

1 (އެކެއް)

-/3،380 ރުފިޔާ

އެސް. ޓީ. އޯ. ދ. ބަނޑިދޫ ފާމަސީ

ފާމަސީ އެސިސްޓެންޓް

1 (އެކެއް)

-/3،380 ރުފިޔާ

އެސް. ޓީ. އޯ. އއ. ތޮއްޑޫ ފާމަސީ

1. ފާމަސީ އެސިސްޓެންޓް

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުން.
  • ބިލު ހެދުން.
  • މުއްދަތު ހަމަވާ ބޭސްތައް ޗެކުކުރުންް.
  • ހަރުތަކުގައި ބޭސް އެތުރުންް.
  • ކްރެޑިޓު ބިލު ޗެކުކުރުން.
  • އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓުރާންސެކްޝަންތައް ބެލެހެއްޓުން.

 ތަޢުލީމާއި ތަޖުރިބާ:

ޖީ. ސީ. އީ. އޯލެވެލް ފުރިހަމަކޮށްފައިވުން.

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1،500 ރުފިޔާއާއި -/2،450 ރުފިޔާއާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތަށް ހަމަޖައްސައިދެވޭނެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
  • މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކުނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ.
  • ހަމަޖެހިފައިވާ އުސޫލުންް އެެޓަންޑެންސް އެލަވަންސް ލިބޭނެ.
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

 ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖަނަވަރީމަހުގެ 31 ވަނަ ދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑުރެހަށް ހުށަހެޅުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

 ނޯޓު:

  • ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން: 3344368 3344245
  • ފެކްސް: 3344041
  • ވެބްސައިޓް: www.sto.mv
  • އީމެއިލް އެޑުރެސް: [email protected]

15 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016
ހޯދާ