މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ރޭންކް

ޖީ. އެސް. 4

ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

-/5،020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/1،757 ރުފިޔާ

ޢނާޔަތްތައް

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް/ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް، އިމްޕްލިމެންޓޭޝަން އެންޑް މޮނިޓަރިންގ ޔުނިޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠު

1. ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު،

އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން

ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، 

އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި'

މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓުގެ

މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަން ކޮންޓްރޯލާ ގުޅިގެން ހިންގާ މަޝްރޫޢުތަކާއި

މަސައްކަތްތައް މޮނިޓަރކުރުމަށްޓަކައި އެ މަޝްރޫޢުތައް ނުވަތަ މަސައްކަތްތައް

ހިންގާ ސައިޓަށް ފީލްޑް ވިޒިޓްކޮށް ބޭނުންވާ ޑޭޓާ ކަލެކްޓްކުރުން.

2. ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަން ކޮންޓްރޯލުގެ މަސައްކަތްތަކުގެ

މޮނިޓަރިންގ ޑޭޓާ އެނަލައިޒްކުރުމަށްޓަކައި ސުޕަވައިޒަރަށް އެހީތެރިކަން

ފޯރުކޮށްދިނުން.

3. ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަން ކޮންޓްރޯލާ ގުޅިގެން ހިންގާ މަޝްރޫޢަކާ

ގުޅިގެން ރިޕޯޓްކުރެވޭ ކޮމްޕްލެއިންތައް ލޮގްކޮށް ސުޕަވައިޒަރަށް އެންގުން.

4. މޮނިޓަރިންގ އެންޑް އެވެލުއޭޝަނާ ގުޅޭ ފައިލިންގ ސިސްޓަމް ބެލެހެއްޓުން.

5. މޮނިޓަރިންގ އެންޑް އިވެލުއޭޝަނާ ގުޅޭގޮތުން ކުރަންޖެހޭ ދަތުރުތައް

އިންތިޒާމްކުރުމުގައި ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުން.

6. މިނޫންވެސް ޑިޕަޓްމަންޓުން ހިންގާ އެކިއެކި މަސައްކަތްތަކުގައި

ޢަމަލީގޮތުން ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. ތަފާސްހިސާބާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. ގިނަވަގުތު ފީލްޑްގައި މަސައްކަތްކުރުމުގެ ޤާބިލްކަންހުރި މިންވަރު.
  3. ކޮމިއުނިޓީއާއި މަޝްވަރާކުރުމުގެ ޤާބިލްކަން ލިބިފައިވާ މިންވަރު.
  4. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދާއި،
  5. މާލިއްޔަތާބެހޭ ޤަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ

ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި  މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު

ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން،

މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް،

އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން

ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން

ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ

ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

8. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި

ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް

ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ. 

ސުންގަޑި:

2016 ފެބުރުވަރީ 9 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް

އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.

އިންޓަވިއު:

އިންޓަވިއުއާއި އިމްތިޙާންކުރުން 10 ފެބުރުވަރީ 2016 އާއި 10 މަރިޗު 2016 އާ

ދެމެދުގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

ނޯޓު:

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ،

ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3018329 ނަންބަރު ފޯނަށް

ނުވަތަ 3018330 ނަންބަރު ފޯނަށް ނުވަތަ 3018328 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

18 ރަބީޢުލްއައްޥަލް 1437

 

28 ޖަނަވަރީ 2016
ހޯދާ