މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ (ވަގުތީ)

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ (ވަގުތީ)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

ޕްރޮޖެކްޓް ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް

ސްޓެޓިސްޓިކްސް

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ. އެސް. 3

 

މަޤާމުގެ ޝަރުޠު:

1. ބިޒްނަސް  މެނޭޖްމަންޓް / ޓޫރިޒަމް  މެނޭޖްމަންޓުންކުރެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް މެނޭޖްމަންޓް / ޓޫރިޒަމް މެނޭޖްމަންޓުންކުރެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ފަތުރުވެރިން ބައިތިއްބާ ތަންތަން (ރިޒޯޓް/ހޮޓެލް) ބެޑްނައިޓްސް ރިޕޯޓް ތައްޔާރުކުރުން.
  2. މިމިނިސްޓްރީން މަހަކު އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާ އެރައިވަލް ރިޕޯޓާއި ޓޫރިޒަމް އިންޑިކޭޓަރ ޓޭބަލް ނެރުން.
  3. ސަރުކާރުގެ ދާއިރާތަކުންނާއި އާންމު ފަރާތްތަކަށް ބޭނުންވާ ފަތުރުވެރިކަމާބެހޭ ތަފާސްހިސާބު ތައްޔާރުކޮށް، އެ ފަރާތްތަކަށް ފޯރުކޮށްދިނުން.
  4. ޓޫރިޒަމް ތަފާސް ހިސާބާބެހޭ އަހަރީ ފޮތް (ސްޓެޓިސްޓިކަލް އިޔަރ ބުކް) ތައްޔާރުކުރުމުގައި އެހީތެރިވެ، އެކިދާއިރާތަކުން މަޢުލޫމާތު އެއްކޮށް، ފޮތް ޗާޕުވުމުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  5. ޔޫ. އެން. ޑަބްލިއު. ޓީ. އޯ. އާއި، ޕާޓާއާއި، ބައިނަލްއަޤްވާމީ މިފަދަ އެނޫން ޖަމާޢަތްތަކަށް ބޭނުންވާ ތަފާސް ހިސާބުހޯދުމަށް އެދުމުން، އެފަރާތްތަކަށް ފޯރުކޮށްދިނުން.

އުޖޫރައާއި ޢިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން، ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސް.

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ޑޭޓާ އެންޓްރީ ނުވަތަ ތަފާސް ހިސާބު ދާއިރާއިން މަސައްކަތު ތަޖްރިބާލިބިފައިވުން.
  2. ކޮމްޕިއުޓަރ (މައިކްރޮސޮފްޓް އޮފީސް ޕެކޭޖް) ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

(ނޯޓް: މިވަޒީފާގެ މުއްދަތަކީ ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 23 އޯގަސްޓް 2016 ނިޔަލަށެވެ.)

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ   އެޕްލިކޭޝަން   ފޯމު (އެޕްލިކޭޝަން   ފޯމު،   މި   މިނިސްޓްރީގެ   ކައުންޓަރުން   ލިބެން  ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

ސުންގަޑި:

މި  މަޤާމަށް  އެދޭ  ފަރާތްތަކުން،  ވަޒީފާއަށް  އެދޭ  ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މި  މިނިސްޓްރީގެ  ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 ފެބުރުވަރީ 4 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް (ވެލާނާގޭގެ 5 ވަނަ ފަންގިފިލަޔަށް) ހުށަހެޅުން އެދެން.

 

އިންޓަވިއު:

- މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރުން ހަމަޖެހިފައިވަނީ، ސުންގަޑި ހަމަވާ ތާރީޚުން  ފެށިގެން  1 ހަފްތާގެ ތެރޭގައި މި މިނިސްޓްރީގެ މީޓިންގ ރޫމުގައެވެ.

- އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން، އިންޓަވިއުއަށް އަންނަންވީ ވަގުތު އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3022200 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3322512 އެވެ.

16 ރަބީޢުލްއާޚިރު 1437

26 ޖަނަވަރީ 2016
ހޯދާ