މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުދިމު (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މުދިމު (ވަގުތީ)

މަޤާމް:

ޖީ. އެސް. 1 (ޖެނެރަލް ސަރވިސް)

މަޤާމުގެ ރޭންކް:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

ކޯފަރޭޓިވް އެފެއާޒް

ސެކްޝަން:

މަސްޖިދުލް ފަލާޙް ރ. ފައިނު

ވަޒީފާ އަދާކުރަންޖެހޭ ތަން:

-/3،565 ރުފިޔާ

މުސާރަ:

-/1،500 ރުފިޔާ

ސަރވިސް އެލަވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މުދިމުކަމުގެ ސަނަދު/ އިމާމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛

2. ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. އިމާމުވެ ނަމާދުކުރަން އެނގޭ މިހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖްވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭ ފަރާތެއްކަމުގައިވުން. ނުވަތަ؛

4. ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

1. ރަށު ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި، ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.

2. ރަށުކައުންސިލްގެ އިދާރާއިން އަންގައިފި ހިނދެއްގައި އިމާމުވެ ކޭތަނަމާދާއި، ޢީދު ނަމާދާއި، ހުކުރު ނަމާދާއި، ތަރާވީޙް ނަމާދާއި، ކަށުނަމާދުކުރުން.

3. މިސްކިތުގެ މަސައްކަތުމީހުން މަސައްކަތްކުރާ ނުކުރާގޮތް ބަލައި، ރަށުކައުންސިލްގެ އިދާރާއިން އަންގާގޮތެއްގެމަތިން އެމީހުން ލައްވާ މަސައްކަތް ކުރުވުމާއި، މިސްކިތުގައި އޮންނަ މަސައްކަތު މީހުންގެ ހާޒިރީ ބެލެހެއްޓުމާއި، ގަޑިޖެހޭ މުވައްޒަފުންގެ މަޢުލޫމާތު ކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން.

4. މުދިމު  ރަށުކައުންސިލްގެ  އިދާރާއަށް  ނުކުމެ  ސޮއިކޮށްފައިވަނިކޮށް،  ހަމަ އެދުވަހު އެ މުވައްޒަފަށް ކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް ޢުޒުރުވެރިވެއްޖެނަމަ، އެދުވަހުގެ ބާކީ އޮތްބަޔަކަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ، މިސްކިތް ހަވާލުކޮށްފައިވާ އިމާމު މީހާގެ ޒިންމާއެއް. މިގޮތުން، ހަވާލުކުރާ އިމާމަކީ، ތަޖުވީދުމަގުން ޤުރްއާން ކިޔަވަން އެނގޭ މީހަކަށްވުމާއި، ރީތިކޮށް ބަންގި ގޮވަންދަންނަ މީހަކުކަމުގައި ވާންވާނެ (އަދި މިކަން ރަށު ކައުންސިލްގެ އިދާރާއަށް ވެސް އަންގަންވާނެއެވެ.)

5. ދާއިމީ އަދި ވަގުތީގޮތުން މިސްކިތްތަކާ ހަވާލުވެފައިވާ އިމާމުން / މުދިމުން ރަސްމީ ދުވަސްތަކުގައި 11:00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ސޮއިކުރުން.

6. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، ދަތިވާ ކޮންމެކަމެއް ރަށު ކައުންސިލްގެ އިދާރާއަށް އަންގައި، އެކަން ރަނގަޅުކުރެވޭތޯ ބެލުން.

7. މިސްކިތު މަސައްކަތުމީހާ ހާޒިރުނުވާ ވަގުތެއްގައިނަމަ، މިސްކިތުގެ އިމާމު / މުދިމު މިސްކިތުގެތެރެ ސާފުކުރުމާއި، ނަމާދުކޮށް ނިމިގެންދަމުން ބޮކި، ހޮޅިބުރިއާއި ފަންކާ ނިންވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.

8. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގުރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.

9. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައް ކުރުވުން.

10. މިސްކިތާ ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހައި، އެ ޝަކުވާތައް ރަށު ކައުންސިލްގެ އިދަރާއަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

11. ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

12. މީގެ އިތުރުންވެސް، މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:

 

 

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބާއްވާ  އިންޓަވިއު  އޮންނަ  ތަނާއި،  އިންޓަވިއު  އޮންނަ  ދުވަހާއި  ގަޑި،

މަސައްކަތު 5 ދުވަހުގެ ކުރިން، ހުށަހަޅާފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް

އޮންނާނެ ތަނާއި، މުއްދަތު:

2016 ފެބުރުވަރީ 4 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ އެލަވަންސާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ ދެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ރަށު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ހުށަހަޅަންޖެހޭ ލިޔުންތައް:

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580072 ނަންބަރު ފޯނާއެވެ.

- ފެކްސް ނަންބަރަކީ 6580072 އެވެ.

- އީމެއިލް ކުރާނީ، [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

15 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016
ހޯދާ