މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކައުންސިލުގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1،500 ރުފިޔާ

މީޑިއާ ކައުންސިލް އެލަވަންސް:

މުސާރައިގެ 35 ޕަސެންޓް

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު އޮތް އޮފީސް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއާޒް

 

މަޤާމުގެ ޝަރުތުތައް:

 

1. ފައިނޭންސް ނުވަތަ މެނޭޖްމަންޓް ދާއިރާއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. މީޑިއާ ކައުންސިލުގެ އިންފްރާންސްޓްރަކްޗަރއާއި އެހެނިހެން ކަންކަން ހުރިނެތްގޮތް ބަލައި، އެފަދަ ކަންކަން ހަމަޖެއްސުމުގައި ކުރަންޖެހިފައިވާ ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދިއުމަށް މަގު ފަހިކުރުމާއި، ކައުންސިލުން ތައްޔާރުކުރަންޖެހޭ އެއްބަސްވުންތަކާއި އެގްރީމެންޓްތައް ލިޔުން.
  2. ކައުންސިލަށް ބޭނުންވެގެން ގަންނަން ފޮނުވާ ތަކެތި ގެނައުމުން، އެ ތަކެތި އެއީ އޯޑަރުދިން ތަކެތިތޯ ރަނގަޅަށް ބަލައި ޗެކްކޮށްފައި ބަލައިގަތުމަށްފަހު، ސްޓޮކް ބަލަހައްޓާ މުވައްޒަފާ ހަވާލުކުރުން.
  3. ފައިސާ ޚަރަދުކުރުމުގެ ވައުޗަރާއި، ވައުޗަރ ރަޖިސްޓްރީއާއި ޗެކް ރަޖިސްޓްރީ ތައްޔާރުކުރުން.
  4. ފައިސާއާ ބެހޭގޮތުން ކުރެވޭ މުޢާމަލާތްތަކުގެ އެންމެހައި ލިޔެކިޔުން، ދުވަހުން ދުވަހަށް، ފައިލްކޮށް ބެލެހެއްޓުން.
  5. ކައުންސިލުން މީޑިއާއަށް ހިންގާ ޓްރޭނިންގ/ކޯސްތަކުގެ އެންމެހައި މަސައްކަތް ކުރުން.
  6. ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން، ހިނގައިދިޔަ މަހުގެ ބަޖެޓް ރިޕޯޓް، ޚަރަދުވި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  7. ކޮންމެ އަހަރަކަށް ލަފާކުރާ މީޑިއާ ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށްފައި، މިނިސްޓްރީ އޮފް ފިނޭންސުން އަންގަވާ މުއްދަތަކަށް، ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  8. ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ޤަވާޢިދާއި، މާލިއްޔަތު ޤާނޫނާއި ޤަވާޢިދުގައިވާގޮތުގެމަތިން، ފައިސާއާބެހޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށްފައި ފޮނުވުމާއި، ފައިސާއާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ބަޖެޓުން ފައިސާ ޚަރަދުކުރުމާއި، ފައިސާއާބެހޭ އެނޫން އެންމެހައި މުޢާމަލާތްތައް ހިންގައި ބެލެހެއްޓުން.
  9. މުސާރައާއި، އެލަވަންސާއި، އެހެނިހެން ފައިސާ ޤަވާޢިދުން މުވައްޒަފުންނަށް ދިނުން.
  10. ފައިނޭންސް ސެކްޝަނަށް އަންނަ ސިޓީ ބަލައިގަތުމާއި، ސެކްޝަނުން ލިޔަންޖެހޭ ސިޓީއާއި ނޯޓުފަދަ ތަކެތި ލިޔުމާއި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން.
  11. މީޑިއާ ކައުންސިލުން ބާއްވާ އެކިއެކި ކޮންފަރެންސްތަކާއި، ސެމިނަރތަކާއި، ޖަލްސާތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުން.
  12. ކައުންސިލަށް  ބޭނުންވާ ތަކެތި ހޯދުމަށްޓަކައި އެތަކެތީގެ އަގުބެލުމާއި، މުދާ ގަންނަން އެދޭ ފޯމު ތައްޔާރުކޮށްފައި، އެ ފަރާތަށް ފޯމު ފޮނުވުން.
  13. ފައިސާ ދެއްކުމަށްޓަކައި ލިބޭ ބިލުތައްފަދަ ލިޔުންތައް ބަލައިގަނެ، އެތަކެތި ބަލަހައްޓައި، ފައިސާ ދެއްކުމަށް ޕޭމަންޓް ވައުޗަރ ހެދުމުގެ ކުރިން ކަމާބެހޭ ވެރިޔަކަށް ދައްކައި، އޭގައި ސޮއިކުރުވުން.
  14. ބަޖެޓް ބާކީ ބެލެހެއްޓުން.
  1. މެންޑޭޓުގައި ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން އެ ވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށާއި، ކައުންސިލުން ބަލަމުންގެންދާ މައްސލަތަށް ބެލުމުގައި އެހީތެރިވެދިނުން.

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

 

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު.

4. މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

5. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތަކަށް ބަލައި، އިންޓަވިއުން އެންމަތީ މާކްސް ހޯދާ ފަރާތެއް.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ސިވިލް  ސަރވިސްގައި  ވަޒީފާ  އަދާކުރާ  މުވައްޒަފެއްނަމަ،  އަދާކުރަމުންދާ  ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ފޯމް ފޮނުވަންވީ ތާރީޚާއި ތަން:

2016 ފެބްރުވަރީ 9 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މަޤާމަށް  މީހަކު  ހޮވުމަށް  ބާއްވާ  އިންޓަވިއުއާއި،  ޕްރެކްޓިކަލްސްއާއި،  އިމްތިޙާނުކުރުން  2016 ފެބުރުވަރީ 14 އާއި 18 އާ ދެމެދުގެ ތާރީޚެއްގައި މި ކައުންސިލުގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

- މަޤާމަށް އެދޭ ފޯމު، މި ކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ބޭނުންވާނަމަ، މި ކައުންސިލުގެ 3003886 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

15 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016
ހޯދާ