ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ވޯލްޑް ޕާރކަޝަން ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

ވޯލްޑް ޕާރކަޝަން ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުޞަތު

ކްރިޝްނަރ ޕްރެއެނަރ ޗެރިޓަބްލް ޓްރަސްޓްގެ ފަރާތުން ނިއުދިއްލީގައި މި އަހަރުގެ މާރިޗު 04 އިން 6 އަށް ބޭއްވުމަށް ހަމަޖެހިފައިވާ '' ވޯލްޑް ޕަރކަޝަން ފެސްޓިވަލް'' ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.

އެ ގޮތުން މި ފެސްޓިވަލުގައި ބައިވެރިވެވޭނީ 3-5 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށެވެ. މި ގްރޫޕަށް ކެއުމާއި ހުރުމުގެ އިތުރުން އެތެރޭގެ ދަތުރުފަތު ހަމަޖައްސަވައިދެއްވާނެ ކަމަށް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް، ނިއު ދިއްލީއަށް ވަޑައިގަތުމުގެ ޓިކެޓް ޚަރަދު ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ އަމިއްލައަށެވެ.

ވީމާ، މި ފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން ޕަރފޯމް ކޮށްފައިވާ 2 ނުވަތަ 3 (pixels 300) ފޮޓޯއާއި ވަނަވަރު 07 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި ސެންޓަރަށް ވަނަވަރު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4667 334 ނަންބަރު ފޯނަށެވެ.

16 ރަބީޢުލްއާޚިރު 1437

 

26 ޖަނަވަރީ 2016
ހޯދާ