މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ގާދޫކޯ 20 ފެބުރުވަރީ 2016 ވަނަ ދުވަހުން ފެށިގެން ބަންދުކުރުން

އިޢުލާން

މާލެއާއި ހުޅުލެއާ ދެމެދުގައި އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ޢަމަލީ މަސައްކަތްތައް މިހާރު ފެށިފައިވުމާއެކު ގާދޫކޯ (މާލެއާއި ހުޅެލެއާއި ދެމެދުގައިވާ ކަނޑުއޮޅި) ހުރިހާ އުޅަނދުފަހަރަށް 20 ފެބުރުވަރީ 2016 ވަނަ ދުވަހުން ފެށިގެން ބަންދު ވާނެ ވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. އަދި މި ތާރީޚުގެ ފަހުން މި ކަނޑުއޮޅިން ދަތުރުކުރުމަކީ މަނާކަމެކެވެ. މިއާ ޚިލާފަށް މި ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކާމެދު ގަވާއިދު ނަންބަރު 2015/R-229 ގެ 44 ވަނަ މާއްދާގެ ފ.ގެ ދަށުން އުޅަނދު ދުއްވި ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.

ގާދޫކޯ، ކަނޑުގެ ޓްރެފިކަށް ބަންދުވުމާ ގުޅިގެން މާލޭގެ ބަނދަރަށް އަންނަ އާގު ބޯޓްފަހަރު ވަނުމަށާއި ނުކުތުމަށް ބޭނުންކުރާ މައި ކަނޑުއޮޅިއަކީ ބޮޑުކަޅިއެވެ. މާލެއާއި ތިލަފުށީ ބަނދަރުން ފުރައިގެން ހުޅަނގަށް ދަތުރުކުރާ އުޅަނދުފަހަރުން ދުވާލުގެ އަލި ކަމުގައި ގިރާވަރު އުތުރު ކަނޑާއި ތިލަފުށީ އިރުމަތީ ކަނޑުއޮޅި އަދި ތިލަފުށީ ހުޅަނގު ކަނޑުއޮޅި ބޭނުން ކުރެވިދާނެއެވެ.

މާތިލަ (މާލެއާއި ވިލިނގިއްޔާ ދެމެދުގައިވާ ކަނޑުއޮޅި) އިން ދިގުމިނުގައި 40 މީޓަރަށް ވުރެ މަތީ އުޅަނދު ވަދެނިކުތުމަކީ މަނާކަމެކެވެ.

28 ޖަނަވަރީ 2016
ހޯދާ