ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް

އިޢުލާން

1 ޖަނަވަރީ 2016 ން ފެށިގެން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރަމުންދަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުންނެވެ. މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކޮށް ވަކި ހަމަތަކެއްގެ މަތިން ކުރުމަށް މިހާރު މިދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޕިކަޕް އަދި ލޮރީ ފަދަ އުޅަނދުފަހަރުގައި ގެނެވޭ ކުނި އެޅުމަށް އުފުލިތައް ބަހައްޓާފައިވާ އެމް.ޕީ.އެލް ސަރަހައްދު (މީރުބަހުރު ބަނދަރުން ވަންނަގޮތަށް) 1 ފެބުރުވަރީ 2016 ދުވަހުން ފެށިގެން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 06:00 ފެށިގެން ރޭގަނޑު 01:00 ގެ ނިޔަލަށެވެ. މީގެ އިތުރުން ކޮންމެ ހުކުރު ދުވަހެއްގެ 12:00 އިން 14:00 އަށް ކުނިއަޅާ ސަރަހައްދު ބަންދުވާނެ ވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

15 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016
ހޯދާ