މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މި ކުންފުނީގެ ތިރީގައިމިވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ، ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު: ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރުދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ޑިޕާޓްމަންޓް: ލީގަލް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ: -/7،800 ރުފިޔާއާއި -/8،800 ރުފިޔާއާ ދެމެދެދު

ސަރވިސް އެލަވަންސް: -/1،500 ރުފިޔާ.

އެޑިއުކޭޝަނަލް އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40    

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ލީގަލް އެފެއާޒް ޑިޕާޓްމަންޓް/ އެމްޓީސީސީ ޓަވަރު

މަޤާމުގެ ޝަރުޠު:

- ޑިގްރީ އިން ޝަރީޢާ އެންޑް ލޯ ނުވަތަ މި ކޮލިފިކޭޝަނާ އެއްފެންވަރަށް އެކްރެޑިޓްކުރެވިފައިވާ ސަނަދެއް ލިބިފައިވުމާއެކު، ދިވެހިރާއްޖޭގައި 1-2 އަހަރުދުވަހު ލީގަލް ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ؛

- ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ ނުވަތަ މި ކޮލިފިކޭޝަނާ އެއްފެންވަރަށް އެކްރެޑިޓްކުރެވިފައިވާ ސަނަދެއް އޮތުމާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އޮތުމާއި، ދިވެހިރާއްޖޭގައި މަދުވެގެން 2 އަހަރުދުވަހު ލީގަލް ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

- ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުގައިވާގޮތުގެމަތިން ކޯޕަރޭޓް ބިޒްނަސް މާޙައުލެއްގައި ކަންކަން ދިރާސާކޮށް، މައްސަލަތައް ބަލައި، ޤާނޫނީ ލަފާ ދެވޭނެ ފަރާތެއްކަމުގައިވުން.

- އިނގިރޭސިބަހާއި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރެވޭނެ ފަރާތެއްކަމުގައިވުން.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

- ލީޑަރޝިޕް ހުނަރާއި، ގިނަކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ޤާބިލުކަމުގެ ހުނަރާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ލީގަލް ދާއިރާގެ މަސައްކަތް މެނޭޖްކޮށް، ޤާނޫނީ ލަފާ ބޭނުންވާ ކަންކަމުގައި ލަފާދިނުން. ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު ޓާމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައިވާނެއެވެ. މި މަޤާމުގެ ޓާރމްސް އޮފް ރެފަރެންސް، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ.

މަޤާމު: ޕްރޮޖެކްޓް ކޯޑިނޭޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރުދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ ރޭންޖް: -/7،800 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

ޓެކްނިކަލް އެލަވަންސް: -/2،500 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް: ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40   

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ސީ.ޕީ.އެމް.ޑީ/ ޑިޕާޓްމަންޓުން ކަނޑައެޅިފައިވާ ސައިޓުތަކުގައި ނުވަތަ ހެޑްއޮފީހުގައި.

މަޤާމުގެ ޝަރުޠު:

- ގުޅުންހުރި ދާއިރާއަކުން ހަޔަރ ޑިޕްލޮމާ ނުވަތަ ޑިގްރީ ނިންމާފައިވުމާއެކު، 3 އަހަރުދުވަހުގެ ނުވަތަ 4 އަހަރުދުވަހުގެ، ކޮންސްޓްރަކްޝަން އިންޖިނިއަރިންގެ ދާއިރާގެ ތަޖުރިބާ ލިބިފައިވުން.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖާއި އޮޓޯކޭޑަށް ފަރިތަ، ފޮޓޯޝޮޕް ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެ. 

- ޕްލޭނިންގ ޓޫލްސް ފަދަ މައިކްރޮސޮފްޓް އޮފީސް ޕްރޮޖެކްޓް ވިސިއޯ/ޕްރިމަވެރާއަށް ފަރިތަވުން.

- ބިޒްނަސް މެނޭޖްމަންޓުގެ އުސޫލުތައް އެނގުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓް/ލީޑަރޝިޕް ހުނަރާއި، މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓްކުރުމުގެ ހުނަރު ލިބިފައިވުން.

- ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި، ދިރާސާކުރުމުގެ ހުނަރާއި، މި މަޢުލޫމާތު ސައިޓް ސުޕަރވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައިކުރުމުގެ ހުނަރު ލިބިފައިވުން.

- ގިނަ ޕްރޮޖެކްޓްތައް ހިންގުމުގެ ހުނަރާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

- އިނގިރޭސިބަހާއި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.      

- ޓެކްނިކަލް މުވައްޒަފުންނާއި، ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

- ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

މަޤާމު: އެސިސްޓަންޓް އެޗް. އާރު. އޮފިސަރ

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިންގައި ކުރިއެރުވުން، މިކަންކަން ކުރުމަށް ލަފާދިނުމާއި ރޭވުމާއި، މި މަސައްކަތް ހިނގަމުންދާގޮތް ބެލުމާއި ކޯޑިނޭޓްކުރުމާއި، އެންމެހައި މަސައްކަތްކުރުމުގައި އިދާރީގޮތުންނާއި ޢަމަލީގޮތުން ކުރަންޖެހޭ ކަންކަންކުރުން.

މަޤާމު: އެސިސްޓަންޓް އެޗް. އާރު. އޮފިސަރ

ބޭނުންވާ އަދަދު: 2 (ދޭއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރުދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ޑިޕާޓްމަންޓް: ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން – އެޗް.އާރު ސެކްޝަން

ޢަސާސީ މުސާރަ: -/5،500 ރުފިޔާ       

 ސަރވިސް އެލަވަންސް: -/1،000 ރުފިޔާ  

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމާއި، ހަމަޖެހިފައިވާ އުސޫލުގެމަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބޭނެއެވެ.                     

މަސައްކަތް ކުރަންޖެހޭ ތަން: ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން / އެމް. ޓީ. ސީ. ސީ. ޓަވަރ

މަޤާމުގެ ޝަރުޠު:

- ޑިޕްލޮމާ އިން އެޗްއާރު، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކޮށްފައިވުން ނުވަތަ އޭލެވެލް ބިޒްނަސް ސްޓްރީމުން ފާސްވެފައިވުމާއެކު، 2-1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

- އިނގިރޭސިބަހާއި ދިވެހިބަހުން މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލްއާއި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.

- އޮފީހުގެ މަސައްކަތް ކުރުމުގެ ހުނަރާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ޤާބިލުކަން ހުރުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

- ސައިކަލް ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.      

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންނާ ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތްކުރުމާއި، މިކަންކަމުގެ ލިއެކިއުން ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުމާއި، މުވައްޒަފުންގެ ހެލްތު އިންޝުއަރެންސްގެ އެންމެހައި މަސައްކަތްކުރުމާއި، ވާކް ވިސާގެ މަސައްކަތްތަކާއި، ވަޒީފާގެ އިންޓަވިއުތައް ރޭވުމުގައި އެހީތެރިވެދިނުން.

މަޤާމު: އެސިސްޓަންޓް ކަސްޓަމަރ ސަރވިސަސް އޮފިސަރ (ބަސް ޔުނިޓް / ސޭލްސް ކައުންޓަރ)

ބޭނުންވާ އަދަދު: 10 (ދިހައެއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރުދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ: -/5،500 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ       

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމާއި، ހަމަޖެހިފައިވާ އުސޫލުގެމަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ފެރީ ސަރވިސަސް ޑިޕާޓްމަންޓުން އަންގަވާ އެކިއެކި ތަންތަނުގައި (ބަސް/ ފެރީ ޓިކެޓް ކައުންޓަރ- ހުޅުމާލެ/ ވިލިގިނލި/ މާލެ/ ތިލަފުށި/ ހުޅުލެ)

މަޤާމުގެ ޝަރުޠު:

- ޖީ. ސީ. އީ. އޯލެވެލް ގެ 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ؛

- ފައިސާގެ މުޢާމަލާތުކުރުމުގެ 3-2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (މިކަމުގެ ލިޔުން ހުށަހެޅުން)

- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.  

- ކަސްޓަމުރުންނަށް އިޙުތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ހުރުމާއި، ސޭލްސްގެ ކަންކަން ކުރުމުގެ ހުނަރު ލިބިފައިވުން.

- ޑިއުޓީ ޝިފްޓްތަކުގައި މަސައްކަތްކުރެވޭނެ މީހަކުކަމުގައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުގެ ކަސްޓަމަރުންނާއި މުޢާމަލާތުކޮށް، އެ ފަރާތްތަކުގެ ސުވާލުތަކަށް ޖާވަބުދީ، ފެރީ/ ބަހުގެ ޓިކެޓް ކަނޑައި، ފައިސާގެ ލިޔެކިޔުންތައް ބަލަހައްޓައި، އޮޕަރޭޝަނުން އަންގަވާ ކަންކަން ކުރުން.

މަޤާމު: ކަސްޓަމަރ ސަރވިސަސް އެސިސްޓަންޓް (ސެކިއުރިޓީ/ކްރޫ)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރުދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު: 10 (ދިހައެއް)

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ: -/4،700 ރުފިޔާ           

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ        

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާ، ކޮއްތާއި، ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސްކީމާއި، ހަމަޖެހިފައިވާ އުސޫލުގެމަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބޭނެއެވެ.                     

މަސައްކަތް ކުރަންޖެހޭ ތަން: ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި ނުވަތަ ކަނަޑައަޅާ ޓާމިނަލެއްގައި

މަޤާމުގެ ޝަރުޠު:

- ގްރޭޑް 10 ގެ ނިންމާފައިވުން.

- ފަތަން ދަތުމާއެކު، ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން.

- ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙުތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

- ޑިއުޓީ ޝިފްޓްތަކުގައި މަސައްކަތްކުރެވޭނެ މީހަކުކަމުގައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ޤަވައިދާއި އުސޫލުތަކުގެމަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެ އުޅަނދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުމާއި، އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ފެރީ ޓަރމިނަލްތަކުގައި ޕެސެންޖަރުންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން. .

މަޤާމު: ސީނިއަރ މާކެޓިންގ އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ޑިޕާޓްމަންޓް: ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް

ޢަސާސީ މުސާރަ: -/7،800 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އެހެނިހެން އެލަވަންސް/ޢިނާޔަތް: އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަނަލް އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް

މަސައްކަތް ކުރަންޖެހޭ ތަން: ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް/ އެމް.ޓީ.ސީ.ސީ ސޯމިލް

މަޤާމުގެ ޝަރުޠު:

- ބެޗްލާރސް ޑިގްރީ އިން މާކެޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓް ހާސިލުކޮށްފައިވުމާއެކު، މި ދާއިރާގައި މަދުވެގެން 2-5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- މާކެޓިންގ ސްޓްރެޓެޖީސް ތަރައްޤީކޮށް ފުޅާކޮށް ކުރިއަށްގެންދިޔުމުގެ ތަޖުރިބާއާއި ޤާބިލުކަން ހުރުމާއި، ޓެކްނިކަލް މާކެޓިންގއާއި ސެލިންގގެ ހުނަރު ލިބިފައިވުން.

- ބިޒްނަސް މެނޭޖްމަންޓުގެ އުސޫލުތައް އެނގުމާއެކު، ލީޑަރޝިޕް ހުނަރާއި މީހުންނާއި، ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓްކުރުމުގެ ހުނަރު ލިބިފައިވުން.

- އިނގިރޭސިބަހާއި ދިވެހިބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މާކެޓިންގއާއި ސޭލްސް އެކްޓިވިޓީ ކަންކަމުގައި ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކުރެވޭނެ މީހަކުކަމުގައިވުން.

- ޓެކްނިކަލް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން. 

- މަލްޓި ޓާސްކިންގކުރުމުގެ ހުނަރާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.  

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓުގެ ލަނޑުދަޑިތައް ހާސިލުކުރުމަށް ބޭނުންވާ އެހީތެރިކަށް ފޯރުކޮށްދިނުމާއި، މާކެޓިންގ ސްޓްރެޓެޖީސް ތަރައްޤީކޮށް ފުޅާކޮށް ކުރިއަށްގެންދިޔުމާއި، ކަސްޓަމަރުންގެ ބޭނުންތައް ދިރާސާކޮށް، މާކެޓިންގއާއި ސޭލްސް މަސައްކަތް ރާވައި ހިންގުން.

މަޤާމު: ސީނިއަރ ޕްރޮޑަކްޓްސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ޑިޕާޓްމަންޓް: ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް:  ކޮންޓްރެކްޓް – 1 އަހަރުދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޢަސާސީ މުސާރަ: -/7،800 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އެހެނިހެން އެލަވަންސް/ޢިނާޔަތް: އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަނަލް އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް

މަސައްކަތް ކުރަންޖެހޭ ތަން: ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް/ އެމް.ޓީ.ސީ.ސީ ސޯމިލް

މަޤާމުގެ ޝަރުޠު:

- މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވްލްއާއެކު މިފަދަ ދާއިރާއަކުން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން. ނުވަތަ؛

- ޖީ.ސީ.އީ އޯ ލެވްލްއާއެކު، މިފަދަ ދާއިރާއަކުން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.

- ސޭލްސް ޓާގެޓްތަކަށް ވާސިލުވުމަށް ސުޕަވައިޒަރީ ލެވެލުން މަސައްކަތްތަށް ރާވައި ހިންގުން.

- ކަސްޓަމަރުންނަށް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ފޯރޮކޮށްދިނުމުގެ ހުނަރު ލިބިފައިވުމާއި، ޓެކްނިކަލް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.

- ކަސްޓަމަރުންނަށް އިޙްތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މަލްޓި ޓާސްކިންގކުރުމުގެ ހުނަރާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

- އިނގިރޭސިބަހާއި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އޮފިސް ޕެކޭޖްތަކަށް ފަރިތަވުމާއި، ކަސްޓަމް ސޮފްޓްވެއަރތަކަށް  ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.

- ޕްރޮމޯޝަނަލް ކަންކަމުގައި ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކުރެވޭނެ މީހަކުކަމުގައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓަމަންޓުގެ ސޭލްސް މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ، ސުޕަވައިޒްކޮށް، ކަސްޓަމަރުންނާއި ސަޕްލަޔަރުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދެވޭނެ ނިޒާމެއް އެކަށައެޅުމާއި، ޕްރޮޑަކްޓްތަކުގެ އިންވެންޓްރީ ބެލެހެއްޓުމާއި، ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކުރުން.

މަޤާމު: އެސިސްޓަންޓް މެޓީރިއަލް މެނޭޖްމަންޓް އޮފިސަރ

ބޭނުންވާ އަދަދު: 3 (ތިނެއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރުދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ސެކްޝަން: ޕްރޮކިއޯމަންޓް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ: -/5،500 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ         -

ޑިއުކޭޝަނަލް އެލަވަންސް: މަޤާމާ ގުޅުންހުރި ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40   

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮކިއޯރމަންޓް ޑިޕާޓްމަންޓް/ ހ. ސޯމިލް

މަޤާމުގެ ޝަރުޠު:

- އޯ ލެވެލް 2 މާއްދާއިން ފާސްވެފައިވުން (ހިސާބު ހިމަނައިގެން) ނުވަތަ ޖީ. ސީ. އީ. އޭ ލެވެލް ބިޒްނަސް ސްޓްރީމް ހަދާފައިވުން.

- މި މަސައްކަތްކުރުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

- އިނގިރޭސިބަހާއި ދިވެހިބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލްއާއި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.

- އޮފީސް މަސައްކަތްކުރުމުގެ ހުނަރާއި ގިނަކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ޤާބިލުކަން ހުރުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގައި ކަނޑައެޅިފައިވާ ޢުސޫލާ އެއްގޮތަށް ސަޕްލައިއަށް ބޭނުންވާތަކެތި ހޯދުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމާއި، މިކަމާބެހޭ އިދާރީ ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުން.

މަޤާމު: އެސިންޓަންޓް ސުޕަވައިޒަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރުދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާޓްމަންޓް: ޕްރޮކިއޯމަންޓް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ: -/5،500 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ        

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ޕީ.ޑީ/ އެމް.ޓީ.ސީ.ސީ ސޯމިލު

މަޤާމުގެ ޝަރުޠު:

- ޖީ. ސީ. އީ. އޯ ލެވްލް

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- މައިކްރޯސޮފްޓް އެކްސެލްއާއި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

- އޮފީސް މަސައްކަތްކުރުމުގެ ހުނަރާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިއުމުގެ ޤާބިލުކަން ހުރުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަޕްލައިއަށް ބޭނުންވާތަކެތި ހޯދުމުގައި އަދި މި ތަކެތި އެކި ޑިޕާޓްމަންޓުތަކަށް ޑެލިވަރކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމާއި، މިކަމާބެހޭ އިދާރީ ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުން.

މަޤާމް: މެކޭނިކަލް އިންޖިނިއަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރުދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ ރޭންޖް: -/7،800 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

ޓެކްނިކަލް އެލަވަންސް: -/2،500 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް: އަސާސީ މުސާރައިގެ %40   

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

- ޑިގްރީ އިން މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން.

- މަދުވެގެން 2 އަހަރުދުވަހު ކޮންސްޓްރަކްޝަން ދާއިރާގެ އިންޖިނިއަރިންގ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

- ޕްރޮޖެކްޓް މެނޭޖްމަންޓް/ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓްކުރުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

- ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި ދިރާސާކުރުމުގެ ހުނަރު ހުރުމާއި، މި މަޢުލޫމާތު ސައިޓް ސުޕަވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައި ކުރުމުގެ ހުނަރު ލިބިފައިވުން.

- ޓެކްނިކަލް މުވައްޒަފުންނާއި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

- ޓެކްނިކަލް މުވައްޒަފުންނާއި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ހިންގުމުގެ މަސައްކަތަށް ބޭނުންވާ މެކޭނިކަލް އިންޖިނިއަރިންގ މަސައްކަތް ކޯޑިނޭޓްކޮށް، މި ކަންކަމުގެ ލަފާދީ، މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ، މި މަސައްކަތްކުރުން.

މަޤާމު: ކްރޫ (ޑޮމެސްޓިކް ޓަގު)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރުދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު: 2 (ދޭއް)

ޑިޕާޓްމަންޓް: ލޮޖިސްޓިކަލް އޮޕްރޭޝަންސް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ: -/4،700 ރުފިޔާ         

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ     

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ކޮއްތާއި، ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސްކީމާއި، ހަމަޖެހިފައިވާ އުސޫލުގެމަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބޭނެއެވެ.                     

މަސައްކަތް ކުރަންޖެހޭ ތަން: ރާއްޖެތެރެއަށް ދަތުރުކުރާ ޑޮމެސްޓިކް ޓަގުގައި

މަޤާމުގެ ޝަރުޠު:

- އަސާސީ ތަޢުލީމީ ފެންވަރު.

- ފަތަން ދަތުމާއެކު، ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން.

- ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ގަވާއިދާއި އުސޫލުތަކުގެމަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެ އުޅަނދެއްގެ އޮޕަރޭޓަރަށް އެހީތެރިވުމާއި އެއްބާރުލުން ދިނުމާއި، އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މުދާ އެރުވުމާއި ބޭލުމުގެ މަސައްކަތުގައި އުޅުން.

މަޤާމު: އޮޕަރޭޓަރ (ފެރީ/ދޯނި)

ބޭނުންވާ އަދަދު: 1 (އެކެއް)               

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރުދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)    

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ ރޭންޖް: -/5،500 ރުފިޔާ 

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ        

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް: ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ކޮއްތާއި، ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސްކީމާއި، ހަމަޖެހިފައިވާ އުސޫލުގެމަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                                  

މަސައްކަތް ކުރަންޖެހޭ ތަން: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

- ފެރީ/ދޯނި ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް C, E, F ކެޓަގަރީ)

- ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ، ފަތަން ދަންނަ މީހަކުކަމުގައިވުން.

- އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި، ހީވާގިކަމާއެކު މަސައްކަތްކުރާ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.     

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެގޮތުގައި ޒިންމާ ނަގައި، ކުންފުނިން އަންގާ ޝެޑިއުލާ އެއްގޮތަށް ފަޅުވެރިންނާއި، ޕެސެންޖަރުންނާއި މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ދަތުރުކުރުން.

މަޤާމު: އޮޕަރޭޓަރ (ބަސް/ވޭން)

ބޭނުންވާ އަދަދު: 5 (ފަހެއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރުދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)    

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ ރޭންޖް: -/5،500 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ       

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ބަސް ސަރވިސް/ ފެރީ ސަރވިސަސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

- ކާރު/ ވޭން ދުއްވުމުގެ ލައިސަންސް އޮތުމާއެކު، ކާރު/ވޭން ދުއްވުމުގެ ތަޖުރިބާހުރި ފަރާތަކަށްވުން. (BO ނުވަތަ B2 ލައިސަންސް ނަގާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

- ޑިއުޓީ ޝިފްޓްތަކުގައި މަސައްކަތްކުރެވޭނެ މީހަކުކަމުގައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާގޮތެއްގެމަތިން ބަސް އޮޕަރޭޓްކޮށް، ޓްރާސްޕޯޓުގެ ގަވާއިދާ އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ބަސް އޮޕަރޭޓްކުރުން.                

ސުންގަޑި:

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖަނަވަރީ 28 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރުމަށްފަހު، ފޯރމާއިއެކު ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުން އެދެމެވެ. މިތަކެތި ފެކުހާއި، އީމެއިލުންވެސް ގަބޫލު ކުރެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމު، ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރަކީ، 3323221 އެވެ.  އީމެއިލް އެޑްރެހަކީ، [email protected] އެވެ.   

ނޯޓް:

- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ، ސެޓްފިކެޓުތަކުގެ އަސްލާ އެކުގައެވެ.)

- މި މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.

- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

- ވަޒީފާ ހަމަޖެއްސުމުގައި، ކުށުގެ ރިކޯޑަށް ބަލާނެއެވެ.

............................................

10 ރަބީޢުލްއާޚިރު 1437

21 ޖަނަވަރީ 2016
ހޯދާ