ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
India Science and Research Fellowship 2016

INDIA SCIENCE AND RESEARCH FELLOWSHIP PROGRAMME  

 2016

(Centre for International Co-operation in Science (CICS

- ފެލޯޝިޕް

ކޯހުގެ ދާއިރާ:

- އިންޑިއާ

ޤައުމު

- 6 ފުރުޞަތު

ފުރުޞަތުގެ އަދަދު:

1. ސައިންސް ނުވަތަ ޓެކްނޮލޮޖީގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ މާސްޓަރސް ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެ.) ނުވަތަ

އެމް.ބީ.ބީ.އެސް ހާސިލުކޮށްފައިވުމާއެކު ރިސާރޖް ނުވަތަ ކިޔަވައިދިނުމުގެ 5-3 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ޕީ.އެޗް.ޑީ ހާސިލުކޮށްފައިވުން (ކޯހަށް އެދި ހުށަހަޅާ ޕީ.އެޗް.ޑީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެ.)

2. 31 ޑިސެންބަރު 2015ގެ ނިޔަލަށް އުމުރުން 45 އަހަރު ފުރިފައިނުވުން

މި ފެލޯޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުޠުތައްވެސް ފުރިހަމަ ވާންވާނެއެވެ.

3. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 26 ޖަނަވަރީ 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.

ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.

ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މިޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި

4. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައި ވުން.

ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެވެ.

5. މީގެ އިތުރުން ޔުނިވަރސިޓީ އިންފޮމޭޝަން ޝީޓުގައިވާ ޝަރުޠުތައް ފުރިހަމަ ވާންޖެހޭނެއެވެ.

ކޯހުގެ ޝަރުޠުތައް:

މި ޕްރޮޤުރާމުގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ އިންޑިއަން ޔުނިވަރސިޓީ އެންޑް ރިސަރޗް އިންސްޓިޓިއުޝަންސްގެ ފަރާތުންނެވެ.

  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، ކިޔަވަން އެދި ހުށަހަޅާ ލެވެލްގެ ކޯހެއް ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެވެ. އަދި ކިޔަވަން އެދޭ ކޯހާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި ފެލޯޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ދިވެހި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެއެވެ.
  • މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައިކުރެވޭ ކެންޑިޑޭޓުން، މި ޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުން ކޮލިފައިކުރެވިދާނެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ތަޢުލީމީ (ޑިޕްލޮމާ އިން ފެށިގެން މަތީ) ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓުތަކަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • މި ކޯހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ/ ޕީ.އެޗް.ޑީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ޢާންމުކޮށް މި ޑިޕާޓްމަންޓުން ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ، ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ސްކީމް ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މި ޑިޕާޓްމަންޓް ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. މި ޑިޕާޓްމަންޓުން ޕޮއިންޓް ދޭގޮތް މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.
  • މި ފެލޯޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީތަޢުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕް އެހީއާއި ލޯން އެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުމުން ފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކްލިސްޓް ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކްލިސްޓް ކުރެވޭނެއެވެ.
  • މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓް، ނޮމިނޭޝަން ހެދުމަށްފަހު މިޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov އަށް އަޕްލޯޑް ކުރެވޭނެއެވެ.
  • މިކޯހާބެހޭ މަޢުލޫމާތު www.dhe.gov.mv މި ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ފުރިހަމަކޮށްފައިވާ ސީ.އައި.ސީ.އެސް ގެ އެޕްލިކޭޝަން ފޯމު.
  • ތަޢުލީމީ ސެޓުފިކެޓާއި، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު (އޮރިޖިނަލް އެޓެސްޓް ސެޓުފިކެޓު). އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. ސެޓުފިކެޓުގެ އަސްލުގައި ދެފުށް އޮންނަ ނަމަ އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުގައިވެސް ދެފުށް އޮންނަންވާނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މި ޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓުފިކެޓުތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯ ފާމަކުން ތައްގަނޑުޖެހި އަސްލު.
  • ޕާސްޕޯޓުގެ ކޮޕީ (އެޓެސްޓެޑް އޮރިޖިނަލް)
  • ރިސަރޗް ޕްރޮޕޯޒަލް
  • ރެފަރީޑް ޖާރނަލަކުން ނަގާފައިވާ ފަހުގެ 2 ޕަބްލިކޭޝަން
  • 02 ޕާސްޕޯޓްސައިޒުގެ ފޮޓޯ
  • އެޕްލިކޭޝަން ފޯމުގައިވާ ފޯމެޓަށް މިހާރު ވަޒީފާ އަދާކުރަމުންދާ ތަނުން ދީފައިވާ ނޯއޮބްޖެކްޝަން ލެޓަރ (ވަޒީފާ އަދާކުރަމުންދާ ތަނުގެ ލެޓަރހެޑްގައި)
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު (ވަނަވަރުގައި ކެންޑިޑޭޓްގެ ނަމާއި ސޮއި އޮންނަންވާނެއެވެ.)
  • ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެތަނުން އެ މީހަކު ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު ޝަރުޠު ނަންބަރު:03 ގައި ބަޔާންކޮށްފައިވާ މުއްދަތަށް 26 ޖަނަވަރީ 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން.
  • ކޯހަށް ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 26 ޖަނަވަރީ 2016 (އަންގާރަ) ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަންފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ، އެޕްލިކޭޝަންފޯމު ހެނދުނު 08:30 އިން މެންދުރުފަހުގެ 14:00 އަށް ވެލާނާގޭގެ 02 ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި އަދި މި ޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341392 އިން ލިބިވަޑައިގަންނަވާނެއެވެ.

20 ޖަނަވަރީ 2016
ހޯދާ