މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އުސްފަސްގަނޑާއި، ހެންވޭރު ޕާކުގެ ދެކުނުކޮޅުން ފެށިގެން ލޮނުޒިޔާރަތްމަގާ ހަމަޔަށްވާ ސަރަޙައްދުގައިވާ އަމިއްލަ ފަރާތްތަކުގެ ތަކެތި ނެގުމަށް އެންގުން

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އުސްފަސްގަނޑާއި، ހެންވޭރު ޕާކުގެ ދެކުނުކޮޅުން ފެށިގެން ލޮނުޒިޔާރަތްމަގާ ހަމަޔަށްވާ ސަރަޙައްދު ވަނީ ޓެމްޕޮރަރީ ސައިޓްގެ ގޮތުގައި ކޮންޓްރެކްޓަރަށް ދެވިފައެވެ. މި ސަރަޙައްދު ވަކިކުރުމަށް ފެންސް ޖެހުމުގެ މަސައްކަތް މިހާރު ފެށިފައިވާތީ، މި ސަރަޙައްދުގައިވާ އަމިއްލަ ފަރާތްތަކުގެ ތަކެތި ނެގުމުގެ މަސައްކަތް މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް އޮތް 3 ދުވަހުގެ ތެރޭގައި ކުރިއަށް ގެންގޮސް ދެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ނުނަންގަވައިފިނަމަ އެ ތަކެއްޗަށް މި މިނިސްޓްރީން ޒިންމާ ވެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި ކަމާ ގުޅޭގޮތުން ގުޅުއްވާނީ މި މިނިސްޓްރީގެ ނަންބަރު 3004166 އަށެވެ.

25 ޖަނަވަރީ 2016
ހޯދާ