ހިރިމަރަދޫ ސުކޫލް، ހދ. ހިރިމަރަދޫ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

2016 ވަނަ އަހަރު ޕްރިންސިޕަލް ހުންނަވާނެ ގެއެއް 1 އަހަރު ދުވަހަށް ކުއްޔަށް ހިފުމާބެހޭ

މި ސްކޫލުގެ އެންމެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ދުރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، ތިންވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ތިރީގައިވާ މަޢުލޫމާތުތަކާއެކު 01 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 13:30 ގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 13:00 ގައި ތިރީގައިވާ މަޢުލޫމާތުތަކާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް، އެފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ މަޢުލޫމާތު:

1. ގޭގެ ޗާޓް (މިންތަކާއެކު)

2. ގޭގައި ހުރި ކޮޓަރީގެ އަދަދާއި ފްލޯ އޭރިޔާގެ ބޮޑުމިން.

3. ގޭގެ ކުލި (މަހަކަށް ރުފިޔާގެ ރޭޓުން)

4. ގޭގެ ވެރިފަރާތުގެ ނަމާއި ގޭގެ ނަން.

5. ގޭގެ އިންވެންޓްރީ

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޖަނަވަރީ 2016
ހޯދާ