މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ ޓްރެއިނީ

އިޢުލާން

 

މަޤާމު:

އޮފިސަރ ޓްރެއިނީ

ބޭނުންވާ އަދަދު :

01

މުސާރަ:

  1. 4401.00 ރުފިޔާ (ހަތަރު ހާސް ހަތަރު ސަތޭކަ އެއް ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް :

  1. 1890.00 ރުފިޔާ (އެއް ހާސް އަށް ސަތޭކަ ނުވަދިހަ ރުފިޔާ)

 

އޮފީސް :

 އޭދަފުށީ ޕޯސްޓް އޮފީސް

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޭލެވެލް ނުވަތަ އޯލެވެލްއިން އިނގިރޭސިއާއި ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި މަސައްކަތާ ގުޅޭ މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު ކުރެވޭ އިންޓަރވިއުއިން ފާސްވުން ނުވަތަ؛
  • ގްރޭޑް 8 ގެ ފެންވަރު ހުރުމާއި ކުރެވޭއިންޓަރވިއުއިން ފާސްވުން
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކު ކަމުގައި ނުވުން
  • މި ވަޒީފާއަށް  މީހުން ހޮވުމުގައި  އޮފީހުގައި  ޚިދުމަތްތައް  ފޯރުވައިދިނުމުގެ އިތުރުން  އިދާރީ  މަސައްކަތްތަކާއި، މޭލް ބެހުމާއި މޭލް ބޭގްތައް ހަވާލުވުމާއި އަދި ފޮނުވުން ފަދަ މަސައްކަތްތަކަށް ޝައުޤުވެރިކަން ހުރި  ފަރާތްތަކަށް އިސްކަންދެވޭނެއެވެ.    

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ  ހުށަހަޅުއްވަން ޖެހޭނެއެވެ).

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެޑައިގަންނަވާ  ފަރާތްތަކުން، ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ވަނަވަރު އަދި އެކުގައި ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 26 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 03 ވަނަ ފްލޯރއަށް ވަޑައިގެން އެޗްއާރު ޑިޕާޓްމަންޓަށް ހުށަހެޅުއްވުން ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑްއޮފީހުގެ ފެކްސް ނަންބަރު 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ. އޭދަފުށިން ނަމަ، އޭދަފުށީ ޕޯސްޓް އޮފީހަށް  ފޮނުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ  ވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން:3009270،3009271،3009272،3009273،3009274

ފެކްސް: 3321559

 

21 ޖަނަވަރީ 2016
ހޯދާ