ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: މަސައްކަތު

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް: ގއ. ނިލަންދޫ ސްކޫލް

ސެކްޝަން: -

ވަޒީފާ ޢަދާކުރަންޖެހޭ ތަން: ގއ. ނިލަންދޫ ސްކޫލް

މަޤާމުގެ ގިންތި: ވަގުތީ

މަޤާމުގެ މުސާރަ: -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)           

މަޤާމުގެ ޝަރުޠު:

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 1 ގެ ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރެއްގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން. 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަދަރުސާގެ އިދާރާއިން ކަނޑައަޅާގޮތެއްގެމަތިން މަދަރުސާގެ ކިޔެވުން އޮންނަ އެންމެހައި ދުވަސްތަކުގައްޔާއި، މަދަރުސާގައި ކިޔެވުން ނޯންނަ ސަރުކާރުގެ ރަސްމީ މަސައްކަތް އޮންނަ ދުވަސްތަކުގައި ޚާއްޞަ ކަންކަމަކާ ގުޅިގެން މަދަރުސާގެ އިދާރާއިން ހަމަޖައްސާ ދުވަސްތަކުގައި މަދަރުސާގެ އިދާރާއިން ހަވާލުކުރާ ތަންތަން އެތަންތާނގައި ހިމެނޭ ސާފުކޮށް ބަލަހައްޓަންޖެހޭ އެންމެހައި ތަންތަނާއި ތަކެތި ސާފުކޮށް ބެލެހެއްޓުން.
  2. މަދަރުސާއިން ކުއްލިގޮތަކަށް ހަވާލުކުރާ ތިމާގެ ވަޒީފާއާ ގުޅުންހުންނަ މަސައްކަތްތައް (އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، އެކި ފަރާތްތަކާއި ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުމުގެ) މަދަރުސާގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރުން.
  3. މަދަރުސާގައި އުޅެނިކޮށް ބަލިވެގެން ދަރިވަރުން ގެއަށް ފޮނުވުމުގައި މަދަރުސާގެ އިދާރާއަށް އެހީތެރިވުން.
  4. އިތުރު ހަރަކާތްތަކާއި ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމަށް ހޯލު ނުވަތަ ކިލާސްރޫމު ތައްޔާރުކުރުމާއި، ކިޔަވައިދިނުމަށް ދަތިނުވާނޭގޮތެއްގެމަތީން ކިލާސްތައް ތައްޔާރުކުރުން.
  5. މަދަރުސާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަދަރުސާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ މަޤާމާ ގުޅޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށްބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.
  4. އަޚުލާޤާއި ސުލޫކުގެ ރެކޯޑުތައް.
  5. ޞިއްޙީ ޤާބިލްކަން.
  6. މަތީގައިވާ ކަންކަމުގެ އިތުރުން، ވަޒީފާތަކަށް މީހުން ހޮވުމުގައި ފުރަންޖެހޭ އޭ-2 ފޯމުން އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް ވަޒީފާ ހަމަޖެއްސުމަށް އިސްކަންދެވޭނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 2 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތެއްގައި ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ސުކޫލުގެ އިދާރާގައެވެ. އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް، އިންޓަވިއުއަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، މި ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއެކު ހުށަހަޅަންޖެހޭ އެންމެހައި ތަކެތި ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ސުކޫލުގެ އިދާރާއަށް 2016 ފެބުރުވަރީ 1 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ހުށަހެޅުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލައި، މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ ޢަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުންނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަޞްލު)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާއެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް އަދި ލިޔުންތައް ކިޔަން އެނގޭގޮތަށް ނަގާފައިވާ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަޞްލު)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު(ސީ. ވީ)

އިތުރު މަޢުލޫމާތުު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7983074 ނަންބަރު ފޯނާއެވެ. އީ- މެއިލް އެޑްރެހަކީ، [email protected] އެވެ.

10 ރަބީޢުލްއާޚިރު 1437

20 ޖަނަވަރީ 2016
ހޯދާ