މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށް މާލެ، ހުޅުމާލެ އަދި ކ. ވިލިނގިލީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލުން

ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލުމަށް ހަމަޖައްސާފައި ވަނީ ތިރީގައި ދެންނެވިފައިވާ 2 ދާއިރާގެ މެންބަރުންނަށެވެ.

1- ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (5) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ޖަމްޢިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތް ދޭ ޖަމްޢިއްޔާތަކުން އިންތިޚާބު ކުރާ މެންބަރެއް.

2- ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (6) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބު ކުރާ މެންބަރެއް.

ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (5) ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ޖަމްޢިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމްޢިއްޔާތަކުން އިންތިޚާބު ކުރާ ފަރާތެއް އިންތިޚާބު ކުރަންޖެހޭތީ، އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލުމުން ކުރިމަތިލާފައި ވަނީ 2 ޖަމްޢިއްޔާއިންނެވެ. މި މަޤާމަށް ކުރިމަތި ލައްވާފައިވާ ޖަމްޢިއްޔާތައް ތަރުތީބު ކުރެވިފައިވާ ގޮތަށް ތިރީގައި މިދަންނަވަނީއެވެ.

ތަރުތީބު ނަންބަރު

ޖަމްޢިއްޔާގެ ނަން

01

މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް

02

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (6) ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން މެންބަރަކު ހޮވުމަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލުމުން ކުރިމަތިލާފައި ވަނީ 3 ފަރާތަކުންނެވެ.

މި މަޤާމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ މަޢުލޫމާތު ތަރުތީބު ކުރެވިފައިވާ ގޮތަށް ތިރީގައި މިދަންނަވަނީއެވެ.

ކެންޑިޑޭޓް ނަންބަރު

ފުރިހަމަ ނަން

އެޑްރެސް

އަތޮޅާއި ރަށް

01

އަޙްމަދު ފާއިޒް

މ.ކުރެލި

މާލެ

02

އަޙްމަދު ނަޖީބް

ފީރޯޒްގެ

ގއ.ވިލިނގިލި

03

މުޙައްމަދު މާޒިން

ވ.ނޯޗާންސް

މާލެ

ވީމާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް ކުރިމަތިލައްވާފައިވާ މެންބަރުން ހޮއްވެވުމަށް ބާއްވާ ވޯޓުލުމަށް މާލެ، ހުޅުމާލެ އަދި ކ. ވިލިނގިލީގައި ދިރިއުޅޭ ވޯޓުލުމަށް އެދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ރަޖިސްޓަރީ ވުމުގެ ފުރުޞަތު ހުޅުވާލައި 2016 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު ފުރިހަމަ ކުރައްވައި މާލެ، ހުޅުމާލެ، ކ.ވިލިނގިލީގައިނަމަ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ކައުންޓަރަށް ބަންދު ނޫން ކޮންމެ ދުވަހަކު ނުވަތަ މިނިސްޓްރީގެ ޑިސްއެބިލިޓީ ޑިވިޜަންގެ މެއިލް އެޑްރެސް [email protected] އަދި އަތޮޅުތެރޭގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލް ނުވަތަ އެފް.ސީ.އެސް.ސީ މެދުވެރިކޮށް މި މިނިސްޓްރީއަށް ފޮނުއްވުމަށް އާންމުކޮށް އިޢުލާން ކުރީމެވެ. ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރުގެ ކައުންޓަރުންނާއި ވެބްސައިޓް www.mlg.gov.mv އިން ލިބެންހުންނާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގައި ތަމްސީލު ކުރައްވާނެ މެންބަރުން ހޮއްވެވުމަށް ބާއްވާ ވޯޓުލުން 2016 ފެބުރުވަރީ 3 ވާ ބުދަ ދުވަހުގެ 09:00 ން 14:00 އަށް އޮންނާނެއެވެ.

ވޯޓުލާން ރަޖިސްޓަރީ ކުރުމަށްޓަކައި އަދި ވޯޓުލާން ވަޑައިގަންނަވާއިރު ބޭނުންވާ ލިޔެކިއުންތައް:

1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެ މީހުން އިންތިޚާބު ކުރާ މެންބަރުކަމަށް

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރާނަމަ ރަޖިސްޓަރީ ކުރުމަށް ފުރާ ފޯމާއި، ރަޖިސްޓަރީ ވުމަށް އެދޭ ފަރާތުގެ، ވޯޓުލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީ.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން 18 އަހަރުން ދަށުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ވޯޓުލާނަމަ އެފަރާތުގެ ބަދަލުގައި ވޯޓުލެވޭނީ މައިންބަފައިން ނުވަތަ ޤާނޫނީ ގޮތުން ބެލެނިވެރިކަން ހަވާލުކޮށްފައިވާ ފަރާތަކަށެވެ. މިފަރާތްތަކުން ވޯޓުލާން ވަޑައިގަންނަވާއިރު ޤާނޫނީ ގޮތުން ބެލެނިވެރިކަން ހަވާލުކޮށްފައިވާކަން އެގޭނެފަދަ ރަސްމީ ލިޔުމެއް ގެންނެވުން އެދެން.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ވަޑައިގަންނަވާއިރު އަތޮޅުތެރޭގައިނަމަ ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތުން ވޯޓްލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު. މާލޭގައިނަމަ އެންސްޕާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވޯޓުލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު.

2. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ޖަމްޢިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމްޢިއްޔާތަކުން އިންތިޚާބު ކުރާ މެންބަރުކަމަށް

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޙިމާޔަތްކުރާ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓްލުމަށް ރަޖިސްޓަރީ ކުރާނަމަ، ރަޖިސްޓަރީ ކުރުމަށް ފުރާ ފޯމު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ރަޖިސްޓަރީވެފައިވާ ޖަމްޢިއްޔާއެއް ކަން އެނގޭނެ ރަސްމީ ލިޔުން، ޖަމްޢިއްޔާގެ މެންޑޭޓް، ޖަމްޢިއްޔާގެ ފަރާތުން ވޯޓްލާ ފަރާތްކަން އެނގޭނެ ރަސްމީ ލިޔުން އަދި ވޯޓްލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީ.

އަދި ވޯޓުލުމަށް ވަޑައިގަންނަވާއިރު ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތުން ވޯޓުލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

14 ރަބީޢުލްއާޚިރު 1437

21 ޖަނަވަރީ 2016
ހޯދާ