ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޑްރައިވަރ

ސެކްޝަން:

ދިވެހިރާއްޖޭގެ ހައިކޯޓް، މާލެ

ބޭނުންވާ އަދަދު:

1 (އެކެއް)

ރޭންކް:                

SS2

މަޤާމުގެ  ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސެންސްއެއް (ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރައްވާ އެއްގަމުގައި އިންޖީނުލީ އެއްޗެތި ދުއްވުމުގެ ކެޓަގަރީ B1 ގެ ލައިސަންސް) / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މީހެއްކަމުގައިވުން. ނުވަތަ؛
  2. މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، SS1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ހައިކޯޓުގެ ބޭނުމަށްޓަކައި، ފަނޑިޔާރުންނާއި މުވައްޒަފުން ގޮވައިގެން ދަތުރުތައް ކުރުން.
  2. ވެހިކަލްގެ މަރާމާތުތައް ކުރަމުން ގެންދިޔުމާއި، ވެހިކަލަށް ބޭނުންވާ ތެޔޮ މަދުނުވާވަރަށް އަޅާފައި ބެހެއްޓުމާއި، ކޮންމެ ތިންމަހުން އެއްމަހު އަޑީތެޔޮ ބަދަލުކުރުން.
  3. ވެހިކަލް ދޮވެ ސާފުކޮށް ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
  4. ވެހިކަލަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެކަމެއް ވަގުތުން އޮފީހަށް އެންގުމާއި، އޮފީހުން ކަނޑައަޅާގޮތެއްގެމަތިން މަރާމާތުކުރުން.
  5. ރައްކާތެރި ތަނެއްގައި ރައްކާތެރިގޮތެއްގައި އުޅަނދު ބޭއްވުމާއި، އުޅަނދު ދުއްވުމުގައްޔާއި، ޕާކްކުރުމުގައި، ސަރުކާރުން ހަދާފައިވާ ޤަވާއިދުތަކަށް ފަރުވާތެރިވުން.
  6. ދަތުރުތައް ކުރަންޖެހިފައިނެތް ވަގުތުތަކުގައި އޮފީހުން އިންތިޒާމްކުރާގޮތެއްގެމަތިން ހައިކޯޓުގެ ސެކްޝަންތަކުގައި ބޯފެން ބެހެއްޓުމާއި، ގަސްމުށި ބެހެއްޓުމާއި، ކާޕެޓް ސާފުކުރުމާއި، ތަކެތި ގަތުމާއި، އަގުބެލުމާއި، ގޮނޑި މޭޒުފަދަ ތަކެތި އުފުލުމާއި، އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔުންތަކާއި ތަކެތި ހަވާލުކުރުންފަދަ މަސައްކަތްކުރުން.

މުސާރަ:

-/3470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

އެލަވަންސްތަކާއި ޢިނާޔަތްތައް: 

- ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/1،000 ރުފިޔާ (އެއްހާސް ރުފިޔާ) 

- ހަމަޖެހިފައިވާ އުޞޫލުން ޖުޑިޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %45 (1،561/50 ފަނަރަސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ފަންސާސް ލާރި)

- ލިވިންގ އެލަވަންސްގެގޮތުގައި -/2،850 ރުފިޔާ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް މީހުން ހޮވުމުގައި ޕޮއިންޓްދޭނެ މިންގަޑުތައް:

  • ލިބިފައިވާ ހުނަރާއި ޤާބިލްކަން ބެލުމަށް ކުރެވޭ އިންޓަވިއު: %35
  • ލިބިފައިވާ ތައުލީމަށް: %30
  • ލިބިފައިވާ ތަޖުރިބާއާއި ތަމްރީން: % 35   

ސުންގަޑި: 

3 ފެބުރުވަރީ 2016 ގެ 14:00 ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

2. ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރައްވާ އެއްގަމުގައި އިންޖީނުލީ އެއްޗެތި ދުއްވުމުގެ (ކެޓަގަރީ B1)  ލައިސަންސްގެ ކޮޕީ.

3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

4. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)

5. ގްރޭޑް 5 އިން ފެށިގެން މަތީ ގްރޭޑެއްގައި އުޅުނުކަމުގެ ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ ނުވަތަ އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ލިޔަން ކިޔަން ދަންނަކަން އަންގައިދޭ ލިޔުން.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

7. ވަޒީފާ އަދާކުރާ ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

އިންޓަވިއު:

- މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ.

- އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، ވެހިކަލް ދުއްވުމުގެ ފަރިތަކަން ބެލުމަށް ދެވޭ ވެހިކަލް ދުއްވުމުގެ ޓެސްޓުން ފާސްވާ ފަރާތްތަކެވެ.

އިތުރު މަޢުލޫމާތު:

- ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު، ހައިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓުން (www.highcourt.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

- އިތުރު މަޢުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

11 ރަބީޢުލްއާޚިރު 1437

 

21 ޖަނަވަރީ 2016
ހޯދާ