ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢުވަތު

ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢުވަތު

ރާބިޠަތުލް އަލްއާލަމުލް އިސްލާމީން އިންތިޒާމުކޮށްގެން 2016 ވަނަ އަހަރު ބާއްވާ ތުއްތުކުދިންގެ ބައިނަލްއަޤުވާމީ ޙާފިޡުންގެ ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ މުޅި ޤުރްއާން ހިތުދަސް، އުމުރުން 10 އަހަރު ނުފުރޭ ކުދިންނަށެވެ.

ވީމާ، މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއަކާއެކު އައިޑީކާޑު ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

28 ރަބީޢުލްއާޚިރު 1437

18 ޖަނަވަރީ 2016
ހޯދާ