މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތު

އިޢުލާން

ސްކޮލަރޝިޕް ފުރުޞަތު "ގްރިފިތް ޔުނިވަރސިޓީ އެންޑް ގޯލްޑް ކޯސްޓް 2018 ކޮމަންވެލްތް ގޭމްސް ސްކޮލަރޝިޕް"

ކޮމަންވެލްތުގައި ހިމެނޭ ޤައުމުތަކަށް ނިސްބަތްވާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ މި ސްކޮލަރޝިޕްގައި އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ގްރިފިތް ޔުނިވަރސިޓީ ކިޔެވުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ޓާގެޓް ގްރޫޕް: ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުން (ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ހިއުމަން މޫވްމަންޓް، ސްޕޯޓްސް ސައިކޮލޮޖީ އަދި އިނެޓް މެނޭޖްމަންޓާ ގުޅުންހުރި)

ލެވެލް: އަންޑަރ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް، ހަޔަރ ޑިގްރީ ރިސަރޗް

ފައިނޭންޝަލް އެއިޑް:

ޓިއުޝަން ފީ

ލިވިންގ އެކްސްޕެންސް

ޓިކެޓް

އިތުރު މަޢުލޫމާތު އޮލިމްޕިކް ކޮމިޓީގެ ވެބްސައިޓް (/http://nocmaldives.org) އަދި އޮލިމްޕިކް ކޮމިޓީގެ ފޭސްބުކް ޕޭޖް (/https://www.facebook.com/OlympicMDV) އިން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް އޮލިމްޕިކް ކޮމިޓީގެ އޮފީހާ ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ސީވީއާއި އެހެނިހެން ޑޮކިއުމަންޓްސް 27 ޖަނަވަރީ 2016ގެ ކުރިން ފޮނުއްވުން އެދެމެވެ.

21 ޖަނަވަރީ 2016
ހޯދާ