މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތު

އިޢުލާން

ސްކޮލަރޝިޕް ފުރުޞަތު "ޑްރީމް ޓުގެދަރ މާސްޓަސް ޕްރޮގްރާމް"

"ޑްރީމް ޓުގެދަރ މާސްޓަސް ޕްރޮގްރާމް" އަކީ ކޮރެއާގެ މިނިސްޓްރީ އޮފް ކަލްޗަރ ސްޕޯޓްސް އެންޑް ޓޫރިޒަމާއި ކޮރެއާގެ އޮލިމްޕިކް ކޮމިޓީ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ތަމްރީނު ކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މި ސްކޮލަރޝިޕަކީ ކުޅިވަރު ކުރިއަރުވައި ދިރުވުމުގެ ފުރުޞަތު ކުޑަ ޤައުމުތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕްގެ އަމާޒަކީ ކުޅިވަރުގެ ދާއިރާއިން ފެންވަރުގެ ލީޑަރުން މިފަދަ ޤައުމުތަކުގައި ބިނާކުރުމެވެ. ސްކޮލަރޝިޕްގެ ޕްރޮގްރާމް ކުރިއަށްދާނީ ކޮރެއާގެ ސޯލް ނެޝެނަލް ޔުނިވަރސިޓީގައެވެ.

ޓާގެޓް ގްރޫޕް: ކުޅިވަރުގެ އެޑްމިނިސްޓްރޭޓަރސް

މުއްދަތު: 02 އަހަރު (17 މަސް)

ފައިނޭންޝަލް އެއިޑް:

ޓިއުޝަން ފީ

ލިވިންގ އެކްސްޕެންސް

ޓިކެޓް

ސްޕޯޓްސް ފިލްޑް ޓްރިޕްސް

ހެލްތް އިންޝުއަރެންސް

އެޑްމިޝަން އެލިޖިބަލިޓީ: މި އައިޓަމާ ބެހޭ މަޢުލޫމާތު އޮލިމްޕިކް ކޮމިޓީގެ ވެބްސައިޓް (/http://nocmaldives.org) އަދި އޮލިމްޕިކް ކޮމިޓީގެ ފޭސްބުކް ޕޭޖް (/https://www.facebook.com/OlympicMDV) އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އޮލިމްޕިކް ކޮމިޓީގެ އޮފީހާ ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން ސީވީއާއި އެހެނިހެން ޑޮކިއުމަންޓްސް 27 ޖަނަވަރީ 2016ގެ ކުރިން ފޮނުއްވުން އެދެމެވެ.

21 ޖަނަވަރީ 2016
ހޯދާ