މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ލޭބަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/4،113 ރުފިޔާ (ހަތަރުހާސް އެއްސަތޭކަ ތޭރަ ރުފިޔާ)

އެލަވަންސް:

-/1،860 ރުފިޔާ (އެއްހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

 

 

ތަޢުލީމީ ފެންވަރާއި، މަޤާމުގެ ޝަރުޠު:

  • އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ދަތުމާއެކު، ކުރާ އިންޓަވިއުން ފާސްވުން ނުވަތަ ދަށްވެގެން ގްރޭޑް ހަތެއްގެ ފެންވަރު ހުރުމާއެކު، ކުރާ އިންޓަވިއުން ފާސްވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްހުރި މީހަކަށްވުން.
  • ބަރު ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން.
  • އޮފީސް ތެރޭގައްޔާއި، އޮފީހުން ބޭރުގައި ކުރަންޖެހޭ މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
  • ވޭތުވެދިޔަ 5 އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ހަވާލުކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ނިންމޭފަދަ ޤާބިލު ފަރާތަކަށް އިސްކަންދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ބަޔާންކުރަންވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ކޮޕީ.
  • ވަޒީފާގައި މިހާރު އުޅޭ ފަރާތެއްނަމަ ނުވަތަ ކުރިން ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.
  • ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ.) 

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 ޖަނަވަރީ 31 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ޕޯސްޓް ބިލްޑިންގުގެ 3 ވަނަ ފްލޯރއަށް، އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ސެކްޝަނަށް ހުށަހެޅުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި، "ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ. 

އިންޓަވިއު:

އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ނޯޓު:

މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތައްވެސް ބާޠިލުކުރެވޭނެއެވެ. އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ.

 

ސިޓީ އެޑްރެސްކުރާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3009273 ނަންބަރު ފޯނަށް ނުވަތަ 3009272 ނަންބަރު ފޯނަށް ނުވަތަ 3009271 ނަންބަރު ފޯނަށް ނުވަތަ 3009270 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

 11 ރަބީޢުލްއާޚިރު 1437
21 ޖަނަވަރީ 2016
ހޯދާ