ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން

އިޢުލާން

މި ސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.

މި ސްކޫލުގެ ނަންބަރު 2015/22/GS-65-Aފ(03 ޑިސެންބަރު 2015) އިޢުލާނުގައި މަޢުލޫމާތު ފުރިހަމަވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ. 2016 ވަނައަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ގޮތަށް، ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

  • 3 ނިދާކޮޓަރި (ފަރުނީޗަރާއެކު)  
  • ސިޓިންގރޫމް (ފަރުނީޗަރާއެކު)
  • ބަދިގެ (ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
  • ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް އަދި ވަކި މީޓަރެއް ލެވިފައިވުން. އަދި ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
  • ގޭތެރޭގެ ކަންތައްތައް ކޮށްދީ، ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ފެބުރުވަރީ 2016ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00ގައި މި ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ފެބުރުވަރީ 2016ވާ އާދީއްތަ ހެނދުނު 9:00ގައި މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، އެމަސައްކަތްތަކުގެ ނަން އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ފޮނުވާ ފަރާތުގެ ސިޓީއާއި އައިޑީކާޑުގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަވަންވާނެއެވެ.

8 ރަބީޢުލްއާޚިރު 1437

18 ޖަނަވަރީ 2016
ހޯދާ