ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާން

ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި، 3 ކޮޓަރި ނުވަތަ 2 ކޮޓަރީގެ ގެއެއް (1 އަހަރުގެ މުއްދަތަށް) މި ސްކޫލަށް ކުއްޔަށް ހިފަން ބޭނުންވެގެން ކުރި އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އަލުން އެ އެކަމަށް އިޢުލާނުކުރީމެވެ.

މި ތަނަކީ 3 ކޮޓަރި ނުވަތަ 2 ކޮޓަރި (ކޮޓަރީގައި ފާޚާނާހުރި) ސިޓިންގރޫމާއި، ބަދިގެ އަދި ގެއަށް ބޭނުންވާ ފަރުނީޗަރާއި، ގޭސްއުނދުން އަދި ހިފާގެންގުޅޭ ތަކެތި ހަމައަށްހުރި އެޕާޓްމެންޓެއް ނުވަތަ ގެއެއް ކަމުގައި ވާންޖެހޭނެއެވެ. ކަރަންޓާއި ބޯފެން ފަދަ ވަސީލަތްތައް ގެއިން ލިބެން ހުންނަންޖެހޭނެއެވެ.

ވީމާ، 1 އަހަރުދުވަހުގެ މުއްދަތަށް މިފަދަ ގެއެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖަނަވަރީ 25 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖަނަވަރީ 2016
ހޯދާ