މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯޓްކޮމްޕްލެކްސް އިމާރާތުގެ ފެންލީކުވާ މައްސަލަ ހައްލުކުރުމަށް އެސެސްމަންޓް އަދި ބީއޯކިއު ހަދައިދޭނެ ފަރާތެއް ހޯދަން

މި ކުންފުނީގެ ޕޯޓްކޮމްޕްލެކްސް އިމާރާތުގެ ފެން ލީކުވާ މައްސަލަ ޙައްލުކުރުމަށް އެސެސްމަންޓް އަދި ބީއޯކިއު ހަދަައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާނަން (113-PRC/I-2016/01) އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

24 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 14:00

 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

8 ރަބީޢުލްއާޚިރު 1437

18 ޖަނަވަރީ 2016
ހޯދާ