މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ޕޮލިސް ބެލްޓާއި ޕައުޗް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސަރވިސްގެ މުވައްޒަފުން ބޭނުންކުރާ ޔުނިފޯމުގައި ބޭނުންކުރުމަށްޓަކައި ތިރީގައި މިދަންނަވާ ތަކެތި ހޯދުމަށް ވަނީ ބޭނުންވެފައެވެ. ވީމާ، މިކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

REQ QTY

DESCRIPTION

50

POLICE BELT NO. 29

150

POLICE BELT NO. 30

150

POLICE BELT NO. 31

150

POLICE BELT NO. 32

150

POLICE BELT NO. 33

50

POLICE BELT NO. 34

50

POLICE BELT NO. 35

50

POLICE BELT NO. 36

800

POLICE BELT KEY HANGER

800

BATON POUCH

800

LADDERMAN POUCH

800

RADIO SET POUCH

800

HAND CUFF POUCH

800

MAGAZINE POUCH

ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2016 ޖަނަވަރީ 18 ވާ ހޯމަ ދުވަހުން ފެށިގެން 2016 ޖަނަވަރީ 24 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަންފޮތެއްގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓްކޮޕީ ފޯމެޓެއްގައި މި ސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ޖަނަވަރީ 25 ވާ ހޯމަ ދުވަހުގެ 11:00 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2016 ޖަނަވަރީ 24 ވާ އާދީއްތަ ދުވަހުގެ 15:30 ގެ ކުރިން މި ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

ބީލަން ހުޅުވުން އޮންނާނީ 2016 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

 ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބައްލަވައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

14 ޖަނަވަރީ 2016
ހޯދާ