އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ބިމުން ފެންނަގައި ފެންބޭރު ކުރުމުގެ ގަވައިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން

އިއުލާން

ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން

މިހާރަކަށް އައިސް އެކި ފަރާތްތަކުން މި އެޖެންސީގެ ހުއްދަ ނެތި ބިމުން ފެން ނަގައި ފެން ބޭރުކުރުމާއި އަދި މި އެޖެންސީއިން ދީފައިވާ މުއްދަތުގެ ބޭރުން ބިމުން ފެންނަގައި ފެން ބޭރު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައިވެއެވެ. އަދި މި ކަމަކީ ގަވާއިދު ނަންބަރު: 1697-/R2013، "ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވައިދު" ގެ ދަށުން އެފަދަ ފަރާތްތަށް ޖޫރިމަނާ ކުރެވޭކަމަކަށް ވާތީ، މިގޮތަށް ޢަމަލުތައް ނުބެހެއްޓުމަށް ދަންނަވަމެވެ. އަދި މިގޮތަށް މަސައްކަތް ކުރާ ފަރާތްތަކާ މެދު ގަވައިދުގެ ދަށުން ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

11 ޖަނަވަރީ 2016
ހޯދާ