ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ވިޔަފާރި އުސޫލުން ބިން ދޫކުރުމާބެހޭ

އިޢުލާން

ބަނދަރު ސަރަޙައްދުން ވިޔަފާރި އުސޫލުން ބިން ދޫކުރުމާބެހޭ

ބަނދަރު ސަރަޙައްދުން ވިޔަފާރި އުސޫލުން ބިން ތަރައްޤީކޮށް ހިންގުމަށް 7 ބިމެއް ކުއްޔަށް ދޫކުރުމަށް ހއ. ވަށަފަރު ކައުންސިލްގެ އިދާރާގެ ފަރާތުން ކަނޑައަޅައިފީމެވެ.

ވީމާ، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ބަނދަރު ސަރަޙައްދުން ވިޔަފާރި އުސޫލުން ބިން ކުއްޔަށް ހިފުން "މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުމުގެ ބައްދަލުވުން

26 ޖަނަވަރީ 2016   13:00

07 ފެބުރުވަރީ 2016  11:00

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލު ކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއަކާއި ރަޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ. އަމިއްލަ ފަރާތަކުން އެބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުއްވުމަށް، އެހެންބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލު ކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި، އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު، ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި 6500039 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 ރަބީޢުލްއައްވަލް 1437

10 ޖަނަވަރީ 2016
ހޯދާ