ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމު ހޯދަން

އިޢުލާން

އެކްޓިވިޓީ ޔުނީފޯމު ހޯދަން ބޭނުންވެއްޖެ:

މި ސްކޫލުން ދައްކާ ނަމޫނާއާ އެއްގޮތަށް ވިޔަފާރި އުސޫލުން އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޛަރީޢާއިން މަޢުލޫމާތު ސާފުކުރަން ބޭނުން ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

24 ޖަނަވަރީ 2016 (އާދީއްތަ) 10:30

28 ޖަނަވަރީ 2016 (ބުރާސްފަތި) 11:00

* އީމެއިލްގެ ޛަރީޢާއިން ލިޔުންތައް ފޮނުވާ ފަރާތްތަކުން [email protected] އަށް ފޮނުވުން އެދެމެވެ.

* އީމެއިލްގެ ޛަރީޢާއިން މައުލޫމާތު ސާފުކުރަން ބޭނުންވާ (ކުންފުނި / އަމިއްލަ) ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް އެދި ސިޓީއެއް ފޮނުވަންވާނެއެވެ.

* މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

14 ޖަނަވަރީ 2016
ހޯދާ