ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަނޑު ކުއްޔަށް ހިފަން

އިޢުލާން

ތިރީގައި މި ބަޔާންކުރާ ރުއްގަނޑު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ކުއްޔަށް ދޫކުރަން ބޭނުންވާ ރުއްގަނޑު:
  1. މަކުނުދޫ ރަމްޒީ ދަނޑު ( ރައީސް ގެވަޅު ) ގައިވާ ރުއްތައް. ( ފޯދިފައިވާ 31 ރުއް )
  • ކުއްޔަށް ދޫކުރަން ބޭނުންވާ މުއްދަތު:

    މީލާދީ 2 ( ދޭއް ) އަހަރު

  • ސުންގަޑި:

18 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 11:00 އެވެ. (މަކުނުދޫ ކައުންސިލްގެ އިދާރާއަށް.)

  • އަގު ހުށަހަޅަންވީ ގޮތް:
  1. މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ.
  2. މިކަމަށް އެދި ހުށަހަޅާ ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ.  
  3. އަގު ފޯމު ހުށަހަޅަންވާނީ، މަތީގައި ދެންނެވިފައިވާ ސުންގަޑީގައި، މި އިދާރާގައި ބޭއްވޭ ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވާ ކޮމެޓީއަށެވެ.
  4. ބަދަލުގައި ބޭފުޅަކު ދުރުވާނަމަ ބަދަލު ސިޓީ ހުށަހަޅަން ވާނެއެވެ.
  5. ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6520038 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 ރަބީޢުލްއާޚިރު 1437

11 ޖަނަވަރީ 2016
ހޯދާ