ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ އައިފާނު ބިލްޑިންގ ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

އެސް.ޓީ.އޯ އައިފާނު ބިލްޑިންގ ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް، އެސް.ޓީ.އޯ  އައިފާނު ބިލްޑިންގ ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:          އެސް.ޓީ.އޯ  އައިފާނު ބިލްޑިންގ ސާފުކުރުމުގެ މަސައްކަތް ކުރުން

މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:     ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅު ވެލައްވާ ބޭފުޅުން 2016 ޖަނަވަރީ 19 ވާ ދުވަހު 15:00 ގެ ކުރިން  އެސް.ޓީ.އޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ޖަނަވަރީ 20 ވާ ދުވަސް ނިމުމުގެ ކުރިން  އީމެއިލުންނެވެ.

މައުލޫމާތު ދިނުން:      ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ޖަނަވަރީ 21 ވާ ދުވަހު 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:      ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ޖަނަވަރީ 26 ވާ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 ފެބުރުވަރީ 01 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:       ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ފެބުރުވަރީ 07 ވާ ދުވަހު 1400 ގައި  އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:   3344371 ,3344180

ފެކުސް:  3344633

އީމެއިލް: [email protected]

04 ރަބީޢުލްއާޚިރު 1437

 

 

 

10 ޖަނަވަރީ 2016
ހޯދާ