މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޖީ.އެސް.ޓީ ހިމަނައިގެން މުދަލުގެ އަގާއި ޚިދުމަތުގެ އަގު ޖެހުން

އިޢުލާން

ޖީ.އެސް.ޓީ ހިމަނައިގެން މުދަލުގެ އަގާއި ޚިދުމަތުގެ އަގު ޖެހުން

މި މިނިސްޓްރީން 24 އޭޕްރީލް 2013 ގައި އާންމުކޮށްފައިވާ ނަންބަރު (IUL)101-EP/1/2013/29 އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައިވާ އިޢުލާނުން ދަންނަވާފައިވާނެ ފަދައިން، 01 އޮގަސްޓް 2013 އިން ފެށިގެން، މުދަލާއި ޚިދުމަތުގެ އަގު ޖަހަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.

މިހެން ކަމުން، މި އިޢުލާނަށް ޢަމަލުކުރުމުގެ މުއްދަތު ކައިރިވަމުން އަންނާތީ، އިޢުލާނުގައި ކަނޑައަޅާފައިވާ ގޮތަށް، 01 އޮގަސްޓް 2013 އިން ފެށިގެން، މުދަލާއި ޚިދުމަތުގެ އަގު ޖެހުމުގައި ޖީ.އެސް.ޓީ ހިމަނައިގެން އަގު ޖެހުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

16 ރަމަޟާން 1434

24 ޖުލައި 2013
ހޯދާ