މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ތަކެތި ޗާޕުކުރަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީއަށް ތިރީގައި މިދަންނަވާ ތަކެތި ޗާޕުކުރަން ބޭނުންވެގެން 10 ޑިސެންބަރު 2015 ވީ ބުރާސްފަތި ދުވަހު ކުރި ނަންބަރު IUL)202-A/1/2015/154) އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން މިތަކެތި ޗާޕުކުރުމަށް އިޢުލާންކުރަމެވެ.

  • އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ފޮތް (ޒޯން ބީ)
  • އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ފޮތް (ޒޯން ސީ)

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

27 ރަބީޢުލްއައްވަލް 1437     

10 ޖަނަވަރީ 2016
ހޯދާ