އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ބައެއް ތަކެތި ނީލަންކިޔުން

އިޢުލާން

ނީލަންކިޔުން

 އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުން ކޮށްފައި ހުރި، ތިރީގައި މިދަންނަވާ ބާވަތްތަކުގެ މުދާ ނީލަންކިޔުމަށް ބޭނުންވެއެވެ.

1- ސްޓެއިންލެސް ސްޓީލްގެ ބައިތައް

2- އެއަރކޯންގެ ބައިތައް

3- ދަގަނޑުގެ ބައިތައް

4- ޓިނު

5- މެޝިނަރީސްގެ ބައިތައް

6- އެލްމެނިއަމްގެ ބައިތައް

7- އައިސް އަލަމާރި

8- ކޭބަލާއި ނަރުގެ ބައިތައް

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

ކޮންފަރެންސް ހޯލް

13:00

14 ޖަނަވަރީ 2016 (ބުރާސްފަތި)

ނީލަމުގައި ބައިވެރިވުމަށް ނަން ނޯޓުކުރުން  

     

ނީލަމުގައި ބައިވެރިވެވޭނީ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ. 

ނީލަމުގައި ބައިވެރިވުމަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު

ނުވަތަ އެފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

ކޮންފެރެންސް ހޯލް

13:00 

21 ޖަނަވަރީ 2016 (ބުރާސްފަތި)

އަގު ހުށަހެޅުއްވުމަށް

     

އަގުހުށަހަޅުއްވާނީ ކޮންމެ ބަޔަކަށް ވަކިން ކިލޯއަކަށް ޖެހޭ އަދަދާއި،

ޖުމުލަ އަގު އެނގެން އޮންނާނެ ގޮތަށެވެ.

އައި.ޖީ.އެމް.އެޗް

13:00 

21 ޖަނަވަރީ 2016 (ބުރާސްފަތި)

 މުދާ ބެލުމުގެ އިންތިޒާމު

މުދާ ގެންދިޔުން

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓަށް ފައިސާ ދެއްކުމަށްފަހު، ނީލަމުން ނަގާ މުދާ 36 ގަޑިއިރު ތެރޭގައި

ގެންދަންވާނެއެވެ. މިގޮތުން ނުގެންގޮސް ހުންނަ މުދާ، ނީލަން ނެގި ފަރާތުން ބޭނުންނުވާ ކަމަށް ބަލައި ތަކެތި ނައްތާލެވޭނެއެވެ.

އިތުރު މަޢުލޫމާތު:                  

 ނީލަމުގައި ބައިވެރިވުމަށް ހާޒިރު ނުވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

މި ނީލަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި ހޮސްޕިޓަލުގެ ނަންބަރު 3335349 ފޯނަށް ގުޅުއްވުން އެދެމެވެ. 

27 ރަބީޢުލްއައްވަލް 1437

07 ޖަނަވަރީ 2016
ހޯދާ