ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑްރައިވް ފޯރުކޮށްދިނުމާއި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކ.ފުނަދޫގައި ބޭނުންކުރާ ޕަންޕުތަކުގައި އެޅުވުމަށް ބޭނުންވާ 50 ކިލޯވޮޓް އަދި 75 ކިލޯވޮޓްގެ ވޭރިއަބަލް ފްރީކުއެންސީ ޑްރައިވް ފޯރުކޮށްދިނުމާއިއެކު ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް، ކ.ފުނަދޫގައި ބޭނުންކުރާ ޕަންޕުތަކުގައި އެޅުވުމަށް ބޭނުންވާ 50 ކިލޯވޮޓް އަދި 75 ކިލޯވޮޓްގެ ވޭރިއަބަލް ފްރީކުއެންސީ ޑްރައިވް ފޯރުކޮށްދިނުމާއެކު ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:  ކ.ފުނަދޫގައި ބޭނުންކުރާ ޕަންޕުތަކުގައި އެޅުވުމަށް ބޭނުންވާ 50 ކިލޯވޮޓް އަދި 75 ކިލޯވޮޓްގެ ވޭރިއަބަލް ފްރީކުއެންސީ ޑްރައިވް ފޯރުކޮށްދިނުމާއެކު ހަރުކުރުން

މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:     ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުލައްވާ ބޭފުޅުން 2016 ޖަނަވަރީ 17 ވާ ދުވަހު 13:00 ގެ ކުރިން އެސް.ޓީ.އޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ޖަނަވަރީ 17 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން:      ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ޖަނަވަރީ 18 ވަނަ ދުވަހު 11:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކ.ފުނަދޫގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:      ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ޖަނަވަރީ 20 ވާ ދުވަހުގެ 13:00  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 ޖަނަވަރީ 21 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:       ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ޖަނަވަރީ 27 ވަނަ ދުވަހު 14:00 ގައި  އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:   3344371 , 3344374

ފެކުސް:  3344633

އީމެއިލް: [email protected]

27 ރަބީޢުލްއައްވަލް 1437

11 ޖަނަވަރީ 2016
ހޯދާ