ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީ ހޮޓަލެއް ހިންގުމަށް ބީލަމުގެ އުސޫލުން ބިން ކުއްޔަށް ދޫކުރުމާބެހޭ

ގދ.ފިޔޯރީން ސިޓީ ހޮޓަލެއް ހިންގުމަށް ބީލަމުގެ އުސޫލުން ބިން ކުއްޔަށް ދޫކުރުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ގދ.ފިޔޯރީން ސިޓީ ހޮޓަލެއް ހިންގުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 50000 (ފަންސާސް ހާސް) އަކަފޫޓުގެ ބިން، 50 (ފަންސާސް) އަހަރަށް ކުއްޔަށް ހިފަން ޝައުޤުވެރިކަންހުރި އަމިއްލަ ފަރުދުންނާއި ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރަޖިސްޓަރީކުރެވިފައިވާ ދިވެހި އަދި ރާއްޖެއިން ބޭރު ކުންފުނިތަކާއި، ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ބޭރު ކުންފުނިތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50000 (ފަންސާސް ހާސް) އަކަފޫޓު ބިމެކެވެ.
  2. ގދ.ފިޔޯރީގައި ސިޓީ ހޮޓަލެއް (ފަތުރުވެރިންނަށް ޚިދުމަތް ދޭ ޢިމާރާތް) ހިންގުމަށް ދޫކުރެވޭ ބިމުގައި ޢިމާރާތްކޮށް ހިންގަންވާނީ ބީލަން ކާމިޔާބުކުރާ ފަރާތްތަކާއި މިއިދާރާއާ ދެމެދު ވެވޭ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
  3. ބީލަން ހުށަހެޅުމާބެހޭ ލިޔުންތައް ހިމެނޭ ފޮތް 2016 ޖަނަވަރީ 07 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2016 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 2:00 ގެ ނިޔަލަށް ގދ. ފިޔޯރީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ފޮތެއްގެ އަގަކީ -/400ރ.(ހަތަރުސަތޭކަ ރުފިޔާ) އެވެ.
  4. އެއްފަރާތަކަށް ކިތަންމެ ގިނަ ފަރާތްތަކެއްގެ ނަމުގައި ވެސް ފޮތް ބައްލަވައިގަނެވިދާނެއެވެ. ނަމަވެސް ބީލަން ހުށަހެޅުއްވޭނީ ފޮތް ބައްލަވައިގަތުމުގައި ބީލަން ހުށަހަޅުއްވާ ފަރާތްކަމަށް ބަޔާންކުރައްވާފައިވާ ފަރާތުގެ ނަމުގައެވެ. އަދި މިގޮތަށް ފޮތް ބައްލަވައިގަންނަވާނަމަ ބީލަން ހުށަހަޅުއްވާ ފަރާތުގެ އިތުރުން ފޮތް ބައްލަވައިގަންނަވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު ދެއްވަންވާނެއެވެ. އަދި ވިއްކުމުގެ ސުންގަޑިއާ ހަމައަށް ބައްލަވައިގެންފައިވާ ފޮތެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކޮށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  5. ބީލަންފޮތް ބައްލަވައިގަތުމަށްފަހު ބައްލަވައިގަތް ބީލަންފޮތުގެ ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.
  6. ބީލަން ތައްޔާރުކުރުމާއި، ބީލަން ހުށަހެޅުއްވުމާބެހޭ މަޢުލޫމާތު ބީލަންފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  7. ބީލަން ހުށަހަޅުއްވާނީ 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ގދ. ފިޔޯރީ ކައުންސިލްގެ އިދާރާއަށެވެ. ބީލަން ހުށަހެޅުމަށް ދެވިފައިވާ ސުންގަޑިއަށް ހާޒިރުނުވާ ފަރާތެއްގެ ބީލަމެއް ބަލައިނުގަނެވޭނެއެވެ. މީހަކަށް ހުށަހެޅޭ އެއްބީލަމެވެ. އެކަކަށް ދެބީލަންފޮތް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  8. ބީލަން ހުޅުވުން އޮންނާނީ 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ގދ. ފިޔޯރީ ކައުންސިލް އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
  9. މި ބީލަމާ ގުޅިގެން މިއިދާރާއިން އިތުރު މަޢުލޫމާތެއް ނުވަތަ ބީލަންފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތަށް އުނި އިތުރެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި، ބީލަންފޮތް ބައްލަވައިގެންފައިވާ ހުރިހާ ފަރާތްތަކަށް ލިޔުމުން އަންގާނަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 9986666 ، 6840008 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
11 ޖަނަވަރީ 2016
ހޯދާ