ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަންކިއުން

މިކުންފުނީގައި ހުރި މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

  • 01 ސައިކަލް ( ވޭވް 125 S ) ރަޖިސްޓަރީ ނަންބަރު ( AOA3015 ) ހަލާކުވެފައިހުރި
  • 01 ސައިކަލް ( ވޭވް 110 )   ރަޖިސްޓަރީ ނަންބަރު ( AOA5687) ހަލާކުވެފައިހުރި
  • 01 ސައިކަލް ( ވޭވް 110 )   ރަޖިސްޓަރީ ނަންބަރު ( AOA6216 ) ހަލާކުވެފައިހުރި
  • 01 ސައިކަލް ( ވޭވް 110 )   ރަޖިސްޓަރީ ނަންބަރު ( AOA6221 ) ހަލާކުވެފައިހުރި
  • 01 ސައިކަލް ( ވޭވް 110 )   ރަޖިސްޓަރީ ނަންބަރު ( AOA6224 ) ހަލާކުވެފައިހުރި
  • 01 ސައިކަލް (ޑްރީމް )       ރަޖިސްޓަރީ ނަންބަރު ( AOA7717 ) ހަލާކުވެފައިހުރި
  • 01 ސައިކަލް ( ވޭވް 110 )   ރަޖިސްޓަރީ ނަންބަރު ( AOA7718 ) ހަލާކުވެފައިހުރި
  • 01 ސައިކަލް ( ވޭވް 125 S ) ރަޖިސްޓަރީ ނަންބަރު ( AOB1601 ) ހަލާކުވެފައިހުރި
  • 01 ސައިކަލް ( ވޭވް 125 S ) ރަޖިސްޓަރީ ނަންބަރު ( AOC5366 ) ހަލާކުވެފައިހުރި

މިތަކެތީގެ ނީލަން ފެށޭ އަގަކީ -/100,000ރ (އެއްލައްކަ ރުފިޔާ) އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/2,000ރ (ދެހާސް ރުފިޔާ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ނީލަން ފެށޭ އަގުގެ %50 އަށް ވާ -/50,000ރ (ފަންސާސް ހާސްރުފިޔާ) ގެ ޑިޕޮޒިޓް ދެއްކެވުމަށްފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވައި، އެންމެ މަތީއަގު ބަންދުކޮށް 2016 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކުންފުންޏަށް ހާޒރުވެދެއްވުން އެދެމެވެ. އަދި މިތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަންވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް، އަލުން އެތަކެތި ނީލަމަށްލެވޭނެކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރި ނުވެވޭނެއެވެ. އަދި އެފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާވެސް ނުލިބޭނެއެވެ.

ނީލަމުގައި ބައިވެރިވެލެއްވި ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބު ކުރި ފަރާތް ނޫން އެެހެން ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނިމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނައި) 7 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް ހަވާލު ކުރެވޭނެއެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 7793503 ފޯނާ ގުޅުއްވުން އެދެމެވެ.

26 ރަބީޢުލްއައްވަލް 1437

07 ޖަނަވަރީ 2016
ހޯދާ