އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިމެއް ކުއްޔަށް ދިނުމާބެހޭ

އިޢުލާން

ސްލިޕްވޭ އެޅުމަށް ހަމަޖެހިފައިވާ ތަނާއި، ބޭނުން

އއ. މަތިވެރީގެ އިރުއުތުރު ފަރާތު އަތިރިކައިރިން 51945.69 އަކަފޫޓުގެ ބިމެކެވެ. މި ބިން ދޫކުރެވެނީ ސްލިޕްވޭ ހިންގައިގެން ލިބޭ އާމްދަނީގެ %30 އއ. މަތިވެރީ ކައުންސިލަށް، އަދި ބާކީ %70 ބިޑް ކާމިޔާބު ކުރާ ފަރާތަށް ލިބޭގޮތަށް ވިޔަފާރިކުރުމަށެވެ.

ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

މި ބިން ދިނުމަށް ހަމަޖެހިފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް، އެގްރިމެންޓް ކުރެވޭނީ ބިޑް ކާމިޔާބުކުރާ ފަރާތުން ހުށަހަޅާ ޕްރޮޕޯސަލް މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރަށް ފޮނުވައިގެން 15 އަހަރުގެ މުއްދަތު އިތުރުކޮށްދިނުމުން 25 އަހަރު ދުވަހުގެ މުއްދަތަށެވެ.

ބިޑްފޮތް ވިއްކުން:

މި ބިން ދިނުމަށް ހަމަޖެހިފައިވަނީ ބިޑް ފޮތް ވިއްކައިގެންނެވެ. ބިޑް ފޮތް ވިއްކާނީ 10 ޖަނަވަރީ 2016 ން 24 ޖަނަވަރީ 2016 އަށް އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާއިން. (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި)

ބިޑްފޮތް ވިއްކާ ގަޑި:

9:00 އިން މެންދުރުފަހު 13:30 އަށް

ބިޑްފޮތް ވިއްކާ އަގު:

ބިޑް ފޮތެއްގެ އަގަކީ -/8,000 (އަށް ހާސް ރުފިޔާ) އެވެ.

ބިޑް ހުށަހަޅަންޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ

ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑި:

ތާރީޚު

ގަޑި

28 ޖަނަވަރީ 2016 (ބުރާސްފަތި)

13:00

ބިޑް ފޮތާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ބިޑް ސެކިއުރިޓީ ގޮތުގައި -/100,000 (އެއް ލައްކަ ރުފިޔާ) ބޭންކް ގެރެންޓީއެއްގެ ހުށަހަޅަން ވާނެއެވެ. މި ބޭންކް ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 60 ދުވަހުގެ ބޭންކް ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ.
  2. ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަނުގެ ރަޖިސްޓަރީގެ ކޮޕީ.
  3. ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއް ނަމަ، އެންމެފަހުން އަހަރީފީ ދެއްކި ރަސީދުގެ ކޮޕީ.
  4. ވަކި ފަރުދެއްނަމަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. އެއްވެސް ކަހަލަ ވިޔަފާރިއެއް ކުރާނަމަ އެކަން އެނގޭނޭ ލިޔުން.
  6. ބިޑް ހުށަހަޅަނީ ކުންފުންޏަކުންނަމަ، ބިޑް ފޯމުގައި ސޮއިކޮށް ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ފޯމު ހުށަހެޅުން.

އިތުރު މަޢުލޫމާތު:

  1. ބިން ނަގާ ފަރާތުން ބިޑްހުށަހަޅާއިރު މި އިދާރައަށް ޗެކަކުން ފައިސާ ދައްކާނަމަ، ދައްކަން ވާނީ އެ ފަރާތެއްގެ އަމިއްލަ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. އަދި ބިން ކުއްޔަށް ހިފަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏެއްގެ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ.
  2. މި ބިން ދޫކުރުމަށް ކުރި މިއިދާރާގެ ނަންބަރު:(IUL)342-CAA/INDIV/2015/1012 (10 ޑިސެންބަރު 2015) އިޢުލާން މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ބިޑް ފޮތް ގަނެފައިނުވާތީ، އިއުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
  3. އިތުރު މަޢުލޫމާތު ބިޑް ޑޮކިއުމެންޓްގައި ހިމެނިފައިވާނެއެވެ.

 

04 ޖަނަވަރީ 2016
ހޯދާ