ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އޮފީސް އެސިސްޓެންޓް

ވަޒީފާގެ ދާއިރާ:

ވ. ފުލިދޫ އިންޖީނުގެ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާ:  

-/4،900 ރުފިޔާއާއި -/8,500 ރުފިޔާއާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

- ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛

- މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި؛

- މައިކްރޯ ސޮފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން މަސައްކަތްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

އިންޖީނުގޭގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކަރަންޓުގެ ޚިދުމަތްދެވޭ ތަންތަނުން ރީޑިންގ ނެގުމާއި، ބިލްހެދުމާއި، ބިލް ހަވާލުކުރުމާއި، ފައިސާބަލައިގަތުމާއި، ރިޕޯޓްތައް ތައްޔާރުކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

2016 ޖަނަވަރީ 11 ވަނަ ދުވަހުގެ 15:00 ގެ ކުރިން.

ނޯޓް:

- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތައް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ސެޓްފިކެޓްތަކާއި، ވަޒީފާގެ ތަޖުރިބާއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދެވޭނެއެވެ.    

- މި ވަޒީފާއަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ.

- މި މަޤާމަށް އެދޭ ފަރާތްތަކުން މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމް ނެގުމަށްފަހު، ފުރިހަމަކުރާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކުރި ވަޒީފާއާއި މަސްއޫލިއްޔަތު އެނގޭނެ ލިޔުން، ސީ.ވީ، އައި.ޑީ ކާޑުގެ ކޮޕީ، ވަޒީފާއަށް އެދޭ ފޯމާއެކު، މި ކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް ނުވަތަ ވ. ފުލިދޫ އިންޖީނުގެއަށް، 2016 ޖަނަވަރީ 11 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު، މި ކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

- އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

- މި ކުންފުނިން ބޭނުންވެއްޖެނަމަ، މި އިޢުލާން ބާޠިލްކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

އިތުރު މަޢުލޫމާތު:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3338236 ނަންބަރު ފޯނަށް ނުވަތަ 3338262 ނަންބަރު ފޯނަށެވެ.

20 ރަބީޢުލްއައްޥަލް 1437

31 ޑިސެންބަރު 2015
ހޯދާ