މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
ކައުންސެލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:


މަޤާމު

ކައުންސެލަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސާރ ގްރޭޑް 1

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މުސާރަ

-/5610 ރުފިޔާ  (މަހަކު)

ސަރވިސް އެލަވަންސް

-/2000 ރުފިޔާ (މަހަކު)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ހުއްދަ ނަންބަރު:

GS61/22-SA/2015/28

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ ޝަރުޠު:

  1. ކައުންސެލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކައުންސެލިންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ކައުންސެލިންގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. ކައުންސެލިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:

- ސްކޫލުގައި ތިބި އިތުރު/ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ޒިންމާތައް ފުރިހަމައަށް ނަގައި، އަޚްލާޤީ މައްސަލަ ތަކުރާރުވާ  ދަރިވަރުންގެ މައްސަލަތައް ބެލުން.  އެގޮތުން، އެފަދަ އެހީ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންގެ ރެކޯޑްތައް ބެލެހެއްޓުމަށް ފައިލްތައް ތައްޔާރުކޮށް ޤަވައިދުން ބަލަހައްޓަމުން ގެންދިއުން.

- ކުލާސްތަކަށްގޮސް، އިތުރު އެހީއަށް ބޭނުންވާ ދަރިވަރުންގެ މަސައްކަތްތައް ކައިރިންބަލައި، އެކަންތައްތައް ރެކޯޑްކުރުން.

- އެފަދަ މައްސަލަތައް ހުންނަ ދަރިވަރުންނާއި، އަޚްލާޤީ މައްސަލަ ހުންނަ ދަރިވަރުންގެ މަޢުލޫމާތު ޓީޗަރުންނާ ހިއްސާކޮށް، އެފަދަ ދަރިވަރުންގެ ޓީޗަރުންނާ ގާތް ގުޅުމެއް ބޭއްވުން.

- އެފަދަ މައްސަލަތައް ހުންނަ ދަރިވަރުންނާއި އަޚްލާޤީ މައްސަލަ ހުންނަ ދަރިވަރުންގެ މަޢުލޫމާތު ޓީޗަރުންނާ ހިއްސާކޮށް، އެފަދަ ދަރިވަރުންގެ ޓީޗަރުންނާ ގާތް ގުޅުމެއް ބޭއްވުން.

- އެފަދަ ކުދިން ބަލަހައްޓާނެ ގޮތާއި، އެކުދިންނަށް ބޭނުންވާނެ އެހީތެރިކަމަކީ ކޮބައިކަން އަންގައިދޭނެ ފަދަ ވޯރްކޝޮޕް/ސެމިނާރުތައް ސުކޫލުގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ރާވައި ހިންގައިދިނުން.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ސެކްޝަން:

މަރަދޫފޭދޫ ސްކޫލް  / އެކަޑެމިކް ސެކްޝަން

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ވެސް މި ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.)
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި، އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯކޮޕީތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯ ކޮޕީ.
  • ސަރުކާރުގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 ޖަނަވަރީ 12 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މަތީގައިވާ ލިއުންތަކާއެކު، މަރަދޫފޭދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މި  މަޤާމަށް  ކުރިމަތިލާ  ފަރާތްތަކަށް  އިންޓަވިއުކުރުން  މަރަދޫފޭދޫ  ސްކޫލުގައި  އޮންނާނެއެވެ.  އިންޓަވިއު  ކުރިއަށް ގެންދެވޭނީ، 2016 ޖަނަވަރީމަހުގެ 14 ވަނަ ދުވަހުގައެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދަން ގުޅާނީ، 6891531 ނަންބަރު ފޯނާއެވެ.


 20 ރަބީޢުލްއައްޥަލް 1437

31 ޑިސެންބަރު 2015
ހޯދާ