މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބޭންޑް ސާމާނު (ބްރާސް ބޭންޑް އިންސްޓްރުމަންޓްސް) ގަންނަން ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ސްކޫލަކަށް ބޭނުންވާ ބޭންޑް ސާމާނު (ބްރާސް ބޭންޑް އިންސްޓްރުމަންޓްސް) ގަތުމަށް  ކުރެވުނު ނަންބަރު 22-TF/1/2015/408(IUL) (15 ޑިސެންބަރު 2015) އިޢުލާނަށް އެންމެ ފަރާތަކުން ކުރިމަތި ލައްވާފައި ވާތީ، މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ދެންނެވި ތަކެތި ވިއްކެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން  7 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހު 10:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 9 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު "މަސައްކަތްކުރުމަށް އެދި ހުށަހަޅުއްވާ ފަރާތުގެ މަޢުލޫމާތު ފޯމު" އާއެކު 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހު 10:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 9 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު  ބޭނުންފުޅުނަމަ 3341193 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

20 ރަބީޢުލްއައްވަލް 1437     

31 ޑިސެންބަރު 2015
ހޯދާ